މަޝްހޫރު މީހަކަށް ވުމަކީ މިއަދު ފަސޭހަ ކަމެކެވެ. ހުރިހައިވެސް ޝުކުރެއް މިކަމުގައި ދެވެން އޮތީ އިންޓަނެޓާާއި މީސްމީޑިއާ ތަކަަށެވެ. ބައެއް މީހުންނަށް މަޝްހޫރުކަން ލިބެނީ އެމީހުންނަށް ލިބިފައިވާާ ދެވަނަައެއް ނުވާ ހުނަަރުގެ ސަބަބުންނެވެ. އަނެއްބަޔަކު މަޝްހުރުވަނީ ލިބިފައިވާ ދެވަަނައެއްނެތް ރީތިކަމުގެ ސަބަބުންނެވެ. ބްރައިޓް ސައިޑުން މިވަނީ ހީވެސް ނުކުރާާފަަދަ ކުއްލި ގޮތަކަށް މަޝްހޫރުވެފައިވާ 10 މީހެއް ގެ މަޢުލޫމާތު އެއްކޮށްފަ އެވެ.

10- ނިކީ ލިބަރޓް

ނިކީ ލިބަރޓަކީ ކުރިން އިމާާރާާތްކޮށް އުޅުނު މީހެއް، މިހާާރު މޮޑެލް އެއް          

ގެދޮރު އިމާރާާތްކޮށް އުޅޭ ޒުވާން މަސައްކަތްތެރިއެއްގެ ފޮޓޯއެއް ލަންޑަނުގެ އަންހެން ދަރިވަރެއް ޕޯސްޓްކޮށްލީ އޭނާގެ މީސްމީޑިއާ ވިއުގައެއްގަ އެވެ. އޭނާއަށް އެ ޒުވާނާއާއި ބައްދަލުވެވުނީ އެމްސްޓެޑަމްގައި ހިނގާފަައި ދަނިކޮށެވެ. ނިކީ ގެ ރީތިކަމުގެ ވާހަކަ ޓްވިޓަރ ބޭނުންކުރާާ އެތައްބަޔަކު ދައްކައި ތަޢުރީފު ކުރިއެވެ. މިކަަމުގެ ސަބަބުން އެލީޓް މޮޑްލިންގ އޭޖެންސީން އޭނާާ އަށް މޮޑެލް ކުރުމުގެ ކޮންޓްރެކްޓެއް ލިބުނެވެ.

09- ބެޑީ ވިންކްލް

ބެޑީ ވިންކްލް މުސްކުޅިޔަސް ނެށުމަށް ވަރަށް ޝައުގުވެރިވޭ

ބްލޮގް ހިންގާ އެތައް ބައެއްގެ ހިތްތައް ވަނީ މި މާމަ އަތުލާފަ އެވެ. މި މާމަގެ މުނިމާމަ ދަރިއެއް ކޮށްލި ކުޑަކުޑަ ކަމަކުންނެވެ. މުނިމާމަ ދަރިފުޅު ކުރިހާވެސް ކަމަކީ އޭނާގެ މުނިމާމަ ބެޑީ ވިންކްލް ގެ ފޮޓޯ އެއް އިންސްޓަގްރާމަށް ލީއެވެ. ބެޑީ އަށް ފޮލޯކުރާ 3 މިލިޔަނަށް ވުރެން ގިނަމީހުން މިހާރު އެބަތިބި އެވެ. ބެޑީ އުޅެމުން އަންނަނީ ވަރަށް ހަރަކާތްތެރި ދިރިއުޅުމެކެވެ. އޭނާ ނަށައެވެ. ޓްވަރކް ކުރެއެވެ. އަބަދުވެސް އޭނާގެ ފޮޓޯތައް އިންސްޓަގްރާމުގައި އާކުރެ އެވެ. ޓޯކް ޝޯ ތަކުގައިވެސް މި މާމަ އަންނަނީ ބައިވެރިވަމުންނެވެ.

08- އިމަނުއޭލެ ފަސާނޯ

އިމަނޫއޭލެެ އަކީ ކުޑައިރުންސުރެވެސް މިއުޒިކު ކުޅޭ މީހެކެވެ. އެއްދުވަހަކު އޭނާ އަށް ރެއިލްވޭ ސްޓޭޝަނަށް ދެވުނުއިރު ރޭލު ކަޓައިފި އެވެ. ރޭލެއް އަންނަންދެން އިންތިޒާރުގައި އިންއިރު ކުރާނެ އެހެން ކަމެއް ނެތުމުން ރެއިލްވޭ ސްޓޭޝަން ގެ އެތެރޭގައި ހުރި ޕިޔަނޯއެއް ކައިރީގައި އިށީންދެ ޕިޔާނޯ ކުޅެން ފެށިއެވެ. އިމަނުއޭލެެގެ ނަސީބު ރަނގަޅުކަމުން، މިއުޒިކް ޕްރޮޑިއުސަރަކަށް މިކަން ފާހަގަ ކުރެވި، އިމަނުއޭލޭ ކުޅެމުންދިޔަ މިއުޒިކު ރެކޯޑްކޮށްލި އެވެ. މިއުޒިކް ޕްރޮޑިއުސަރ ރިކޯޑްކޮށްލި ވީޑިއޯކޮޅު މީސްމީޑިއާ އަށް ލުމާއިއެކު، ހުނަރުވެރި އިމަނުއޭލޭ ގެ މަޝްހޫރުކަން މީސްމީޑިޔާ ތެރޭގައި ވަރަށް ބޮޑުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ފައިދާހުރި ބޮޑު ކޮންޓްރެކްޓެއް އޭނާއަށް ލައްވައިލި އެވެ.

07- ނުސްރަތު ގުޗޭ

މިއީ ތުރުކީވިލާތުގެ ޝެފް (ބޮޑުކައްކާ) އެކެވެ. ‘ސޯލްޓް ބޭ’ ގަ ނަމުން ވަނަން ދެވިފައިވާ ނުސްރަތު މަޝްހޫރުވެފައިވަނީ ވަރަށް ލޯތްބާއިއެކު އެއްގަމު މަހުގެ ބާވަތެއް ކައްކަނިކޮށް ނަގާފައިވާ ވީޑިއޯ އެއް އާއްމުވުމާއި ގުޅިގެންނެވެ. މިހާރު އޭނާގެ އިންސްޓަގްރާމް އެކައުންގައި 09 މިލިޔަނަށްވުރެން ގިނަ ފޮލޮވަރސް އެބަތިއްބެވެ. އަދި މިވަރަކުން ނިމުނީކީ ނޫނެވެ. ބައިނަލްއަޤްވާމީ ގޮތުން މަޝްހޫރު ތަރިން ކަމަށްވާ ލިއޯނާޑޯ ޑިކެޕްރިއޯ ފަދަ މީހުން ނުސްރަތު ކެއްކުމުގައި ގެންގުޅޭ ތަފާތު އަދި އާދަޔާޚިލާފް ގޮތްތައް ބަލައިލަން އާދެއެވެ.

06- އަރްޝަދު ޚާން

 

މިއީ ޕާކިސްތާނުގެ އިސްލާމްއާބަދަށް އުފަން 18 އަހަރުގެ ޒުވާނެކެވެ. ބާޒާރުމަތީގައި ސައިވިއްކާ ގާޑިޔަލެއް ހިންގަމުން އައި އަރްޝަދު ހަމަ ކުއްލިގޮތަކަށް މަޝްހޫރުވީ އަރުޝަދުގެ ފޮޓޯއެއް އިންސްޓަގްރާމަށް ލީ ހިސާބުންނެވެ. ނޫކުލައިގެ ކަޅިއެއް ލިބިފައިވާ އަރްޝަދު ގެ ފޮޓޯއަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަކެއް ހާސް ލައިކްސް ލިބި އެތައް ބައެއްގެ ސަމާލުކަން ހުއްޓުނެވެ. މިހާރު އަރްޝަދަކީ މޮޑެލްކުރާ ބޮޑު ކުންފުންޏެއްގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްގެންހުރި މޮޑެލް އެކެވެ. އަދި ފިލްމީ ދާއިރާއިން އޭނާގެ ކެރިއަރު ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

05- ފިލިއްޕޭ ޑޫމަސް

ވަޒީފާއިން އަމިއްލައަށް މުސްކުޅިކުރުމަށްފަހު މަޝްހޫރު ވެބްސައިޓެއް ކަމަށްވާ ރެޑިޓަށް އޭނާގެ ފޮޓޯތަކެއް ލުމަށް ނިންމި އެވެ. އޭނާއަށް ފެޝަން އިންޑަސްޓްރީއާއި ގުޅެވިދާނެތޯ ރެޑިޓް ބޭނުންކުރާ މީހުންގެ ކިބައިން އަހަންފެށި އެވެ. އޭނާގެ ހުންނަ ރީތި ސިފަ ބަލައިގެންފައިވަނީ ހަމައެކަނި މީސްމީޑިއާ ބޭނުންކުރާ ފަރާތްތަކުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން މޮޑެލްކުރާ އޭޖެންސީ ތަކުގެ މެދުގައިވެސް ފިލިއްޕޭގެ ރީތި ސިފަ މަޝްހޫރުވެގެން ދިޔައެވެ. މިހާރު އޭނާ އަކީވެސް މޮޑެލް ކުރުމަށް ކޮންޓްރެކްޓް ތަކެއް ލިބި މޮޑެލް އަކަށް ވުމަށް އަބަދުވެސް ދެކެމުން އައި ހުވަފެން ކާމިޔާބުވެފައިވާ މީހެކެވެ.

04- މައިކް ވަރްޝޯސްކީ

ޑޮކްޓަރ މައިކް އަކީ އެމެރިކާގެ ނިއު ޖަރސީ ގެ މެޑިކަލް ޑޮކްޓަރެކެވެ. އޭނާ މަޝްހޫރުވީ އިންސްޓަގްރާމަށް އޭނާގެ ދުވަހުގެ މަސައްކަތުގެ ތެރެއިން ނަގާ ފޮޓޯ އަޅަންފެށި ހިސާބުންނެވެ. ‘ދަ ސެކްސިއެސްޓް ޑޮކްޓަރ އަލައިވް’ ގެ ނަމުން މި ޒުވާނާއަށް ‘ޕީޕަލް މެގަޒިން’ އިން ނަން ދިނެވެ. މައިކް އަކީ މިހާރު އެންމެން ދަންނަ މަޝްހޫރު މީހެކެވެ. މައިކް އަށް މޮޑެލްކުރަން ފުރުޞަތުތައް އޮހެމުން އަޔަސް، އެކަމަށް ޝައުގެއް ނެތެވެ. އޭނާ އަންނަނީ ރަނގަޅު ސިއްޙަތެއްގައި ދެމިތިބުމަށް މީހުން ހޭލުންތެރިކުރުވައި އަހުލުވެރިކުރުވުމަށް ޕްރޮގްރާމްތަކެއް ރާވައި ހިންގަމުންނެވެ. މީގެ އިތުރުން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާތަކަށް އޭޭނާ އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ.

03- ސިންޑީ ކިމްބަރލީ

މި އަންހެންކުއްޖާ މަޝްހޫރުވީ އޭނާގެ ފޮޓޯއެއް ޖަސްޓިން ބީބާގެ ފީޑްގައި ޕޯސްޓްކުރުމުންނެވެ. އެ ފޮޓޯ އާއިއެކުގައި ޖަސްޓިން ބީބާ ލިޔެފައިވަނީ، “އޯއެމްޖީ މިއީ ކާކު؟!!” މިހެންނެވެ. ބީބާ ގެ ފޭނުން ވަނީ އެއީ ކޮން ކުއްޖެއްކަން ހޯދާފަ އެވެ. އެއީ ސްޕެއިންގެ ކޯސްޓާ ބްލަންކާ އަށް އުފަން އުމުރުން 17 އަހަރުގެ އަންހެންކުއްޖެކެވެ. ހުސްގަޑީގައި އޭނާ މަސައްކަތް ކުރަނީ ކުދިންބަލައިދޭ މީހެއް (އާޔާ އެއް) ގެ ގޮތުގައެވެ. ނަމަވެސް މިހާރު އޭނާއަށް ވެސް މަޝްހޫރު މޮޑެލް އޭޖެންސީ ތަކުން ވަނީ ކޮންޓްރެކްޓްތައް ލިބިފައެވެ. މީގެއިތުރުން ‘ގްލޮސީ މެގަޒިން’ ތަކަށް ފޮޓޯ ޝޫޓްތައްވެސް ޖައްސަމުންދެއެވެ.

02- ސެވެން އޮއްޓެން

މި ޒުވާނާ ގެ ކުޅަދާނަ ނެށުމުގެ ވީޑިއޯއެއް ޔޫޓިއުބަށް ލުމާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 43 މިލިޔަން މީހުން ވަނީ އެ ވީޑިއޯ ބަލާފަ އެވެ. އަމިއްލައަށް ނަށަން ދަސްކޮށްގެން އަމިއްލަ ސްޓެޕްތައް ހަދަމުން އަންނަ ޖަރުމަނުވިލާތުގެ މި ނެށުންތެރިޔާ އަކީ މިހާރު އިޝްތިހާރުތަކުން ފެންނަ ފަރިތަ މޫނެކެވެ. މީގެ އިތުރުން އޭނާގެ އަމިއްލަ ޑާންސް އެކަޑަމީ އެއްވެސް އަންނަނީ ހިންގަމުންނެވެ.

01- ޖެރެމީ މީކްސް

މިއީ ކުރިން ބޮޑު ކުށްވެރިއެކެވެ. ނުހަމަ ގޮތުގައި ހަތިޔާރު ގެންގުޅުނުކަމަށް ސާބިތުވެ 2015 ވަނައަހަރުގެ ފެބްރުއަރީ މަހު، ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައި މީހެކެވެ. ސްޓޮކްޓަން ޕޮލިސް ޑިޕާޓްމެންޓުން ޕޮލިސް ރެކޯޑަށްޓަކައި ނެގި ފޮޓޯތައް ފޭސްބްކް ގައި ޖެހުމާއިއެކު، އިންޓަރނެޓް ބޭނުންކުރާ މީހުން އޭނާ އަށް ވަނަމަކަށް ‘ހޭންޑްސަމް ފެލަން’ (ރީތި ކުށްވެރިޔާ) ގެ ނަން ދިނެވެ. އޭނާ ޖަލުން ދޫކޮށްލުމާއިއެކު މޮޑެލް ކުރުމުގެ ފުރުޞަތުތައް ކޮންމެވެސް ވަރަކަށް ލިބިގެން ދިޔައެވެ. މިހާރު އޭނާ އަކީ ސެލެބްރިޓީން ތެރޭގައި އުޅެމުން އަންނަ މަޝްހޫރު މޮޑެލް އެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.