މިއަހަރުގެ އަޟްޙާ ޢީދުގައި ހަބޭސްގެ ފަރާތުން ފޯރިގަދަ ޝޯތަކެއް ދިނުމަށް ތައްޔާރުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އީދު ޓުއަރ 1443ގެ ނަމުގައި ހަބޭސް ބޮޑުބެރު ފޭސްބުކް ޕޭޖްގެ ޕޯސްޓަކުންނެވެ.

އަޟްޙާ ޢީދުގެ ފުރަތަމަ ދުވަސް 9 ޖުލައިގައި ހަބޭސްގެ އީދު ޓުއަރ ފުރަތަމަ ދަތުރު ކުރަނީ ކ. ހިންމަފުއްޓަށެވެ. އެރޭ ހިންމަފުށީގައި ފޯރިގަދަ ޝޯއެއް ދިނުމަށްފަހު ޖުލައި 10ވަނަ ދުވަހުގެރޭ ނ. އަތޮޅު ވެލިދޫގައި ޝޯއެއްދިނުމަށް ހަމަޖެހިފައި ވެއެވެ. ޖުލައި 11ވަނަ ދުވަހުގެރޭ ހދ. ކުޅުދުއްފުށި ސިޓީގައި ޝޯއެއް ދިނުމަށް ހަމަޖެހިފައިވާއިރު، ޖުލައި 12ވަނަ ދުވަހުގެރޭ ހަބޭސް ބޮޑުބެރު ގްރޫޕްގެ ފޯރިގަދަޝޯއެއް ދިނުމަށް ހަމަޖެހިފައިވަނީ ހއ. ބާރަށުގައެވެ. އެއަށްފަހު ޖުލައި 14 ވަނަދުވަހުގެރޭ ވިލިމާލޭގައި ފާހަގަކުރާ ވިލި އީދުފޯރި ޝޯގައި ހަބޭސްގެ މިއަހަރުގެ އީދު ޓުއަރގެ ފަހުޝޯ އޮންނާނެއެވެ.

“މިއަހަރުގެ ޝޯތައް އޮންނަ ހުރިހާ ރަށެއްގައި ޝޯ ބަލައިލުމަށް އަންނަ ފަރާތްތަކަށް ހަބޭސްގެ ބެވަރޭޖް ޕާރޓްނަރ ކޮކާކޯލާ ހިލޭ ލިބެން ހުންނާނެ،” ހަބޭސްގެ ފައުންޑަރ އަލީ ޝިފާޢު (ހަބޭސް އައްޔަ) ބުންޏެވެ.

ހަސަން ތޮލާގް – ފޮޓޯ: ހަބޭސް ފޭސްބުކް ޕޭޖް

ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިންގެ ތެރޭ ހިމެނޭ އަދި މޯލްޑިވިއަން އައިޑޮލްއިން ވިދާލި ހަސަން ތޮލާގް އަދި އިބްރާހިމް ވަހީދު (ބޮޑުބެ)ގެ އިތުރުންވެސް ހުނަރުން ފުރިގެންވާ ފަންނާނުންގެ ތަފާތު ހަރަކާތްތަކެއް މިފަހަރުގެ ޝޯތަކުގައި ފެނިގެންދާނެކަމަށް ހަބޭސް އައްޔަ ބުނެފައިވެއެވެ.

އިބްރާހިމް ވަހީދު (ބޮޑުބެ) – ފޮޓޯ: ހަބޭސް ފޭސްބުކް ޕޭޖް

ހަބޭސްގެ ދަށުން 3 ގްރޫޕެއް މިހާރުވެސް ދަނީ ހިނގަމުންނެވެ. އެއީ ހަބޭސް ބޮޑުބެރު، ލެވިޓޭޝަން ބައި ހަބޭސް، ހަބޭސް ފިއުޝަން ބޭންޑެވެ.

އަމިއްލަ ބްރޭންޑް ފޭލި އަދި ސަގާފީ ގިނަ ހަރާތްތަކާއެކު ރާއްޖޭން ބޭރުގައިވެސް ގިނަ ޝޯތަކެއް ދޭ ހަބޭސްގެ މިއުޒިކް ސްޓޫޑިއޯއަކީ ވެސް ރާއްޖޭގެ އެންމެ ވަރުގަދަ އެއް ސްޓޫޑިއޯކަން ފާހަގަކޮށްލަމެވެ.

ކޮކާކޯލާ ހަބޭސް ސްޓޫޑިއޯ – ފޮޓޯ: ހަބޭސް ފޭސްބުކް ޕޭޖް

ހަބޭސް އަކީ ރާއްޖޭގެ 1ވަނަ ފޭން ބޭސް ގްރޫޕެވެ. ހަތަރު ލައްކައަށް ވުރެ ގިނަ މީހުން ހަބޭސްގެ ފޭސްބުކް ޕޭޖް ފޮލޯ ކުރާއިރު އިންސްޓަގްރާމް އަދި ޓުއިޓާގައި ވެސް ހަބޭސްގެ މަގްބޫލްކަން ދަނީ އިތުރުވަމުން ކަން ފާހަގަކޮށްލެވެ އެވެ.

ހަބޭސްގެޝޯއެއް ދިނުމަށް މާރިޗު 2022ގައި އިންޑިޔާގެ ނިއުދިއްލީއަށް ކުރި ދަތުރު – ފޮޓޯ: ހަބޭސް ފޭސްބުކް ޕޭޖް

ހަބޭސްގެޝޯއެއް ދިނުމަށް ޖަނަވަރީ 2022ގައި ދުބާއީއަށް ކުރި ދަތުރު – ފޮޓޯ: ހަބޭސް ފޭސްބުކް ޕޭޖް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު (އަންނާރޭ)
އަޙްމަދު ރަޝީދު (އަންނާރޭ)
އަޙްމަދު ރަޝީދު (އަންނާރޭ) އަކީ މުނިއަވަސް އޮންލައިންގެ ސީއީއޯ އެވެ. މީގެ އިތުރުން އޭނާއަކީ މުނިއަވަސް ކްލަބްހައުސްގެ ޕްރެޒެންޓަރެކެވެ. އިވެންޓްތައް ކަވަރކުރުމުގައިވެސް އަންނާރޭ ހަރަކާތްތެރިވާނެ އެވެ.