ރާއްޖޭގެ ދަރިވަރުންނަށް ޢުލޫމީ ދަންމަރުގެ އަލިކަން ފޯރުކޮށްދިނުމުގައި ޤަރުނެއް ކަޑައްތުކުރުމާ ގާތަށް ދަތުރުކޮށްފައިވާ ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ މުންނާރަކީ، މަޖީދިއްޔާ ސްކޫލް ކަން ކަށަވަރެވެ. 1927ވަނަ އަހަރުގެ އޭޕްރީލް 19ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާގެ ނަމުގައި ހުޅުވުނު މަދަރުސާއަކީ މިހާރުގެ މަޖީދިއްޔާ ސްކޫލެވެ. މި ބިޔަ ސްކޫލުގެ މި ދިގު ތާރީޚުގެ ކާމިޔާބީގެ ފަހަތުގައި އެ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ އަކީ ފަނޑުކަމެއް ނެތި ކުރިލައި އާރޯވެ ހެދެމުން އަންނަ ވަރުގަދަ ޖަމިއްޔާއެކެވެ.
މަޖީދިއްޔާ ސްކޫލް މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ އައު ދައުރެއް ފެށުމަށް އައު ހިންގާ ކޮމެޓީއެއް އެކުލަވައިލުމަށް ފޯރިގަދަ ކެމްޕޭނެއް ހިންގަމުން އަންނަތަން މީސްމީޑިއާގެ މަންސަތަކުން ފެންނަމުން އެބަދެ އެވެ. މިމަހު 20ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ސެކްރެޓަރީއެއްގެ މަޤާމަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މުޙައްމަދު ޝާން (ބަދަވީ)އަކީ ހިންގުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
ރާއްޖެއަށް ‘ހޭންޑްބޯލް’ ތަޢާރަފުކޮށްދެއްވުމުގެ ފަހަތުގައި ހުންނެވި ބަދަވީ އަކީ ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ފާހަގަކޮށްލެވޭ ޒިންމާދާރު މަޤާމުތަކެއް ނުހަނު އިޚްލާސްތެރިކަމާއެކު އަދާކުރައްވާފައިވާ އަދި މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެކެވެ. ވެމްކޯގެ ހައުސްހޯލްޑް ވޭސްޓް ޑިޕާޓްމެންޓްގެ އެސިސްޓެންޓް އޮޕަރޭޝަންސް މެނޭޖަރެއްގަ މަޤާމާ ގުޅިލެއްވި ޝާން ވެމްކޯގައި މަސައްކަތްކުތައްވާ 05އަހަރު ފުރުނީ 17 ޖުލައި 2022 (މިއަދު) އެވެ.
މިވަގުތު ‘ވެމްކޯ’ގެ އޮޕަރޭޝަންސް މެނޭޖަރެއްގެ ބުރަ އަދި ޒިންމާދާރު މަސްޢޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ބަދަވީގެ ޚިދުމަތްތަކަށް ޚުލާޞާކޮށް ބަލައިލާނަމެވެ.
މިހާރު ވެމްކޯގެ ހައުސްހޯލްޑް ވޭސްޓް ޑިޕާޓްމެންޓްގެ އޮޕަރޭޝަންސް މެނޭޖަރ
ހޭންޑްބޯލް މޯލްޑިވްސްގެ ޗީފް ރެފްރީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސީނިއަރ މެޗް ކޮމިޝަނަރކަން ކުރެއްވި
ހޭންޑްބޯލް މޯލްޑިވްސްގެ ޓެކްނިކަލް ޑައިރެކްޓަރކަން ކުރެއްވި
އެމް.އެން.ޑީ.އެފްގެ އޮފިސަރެއްގެ މަޤާމު އަދާކުރެއްވި
އެމް.އެން.ޑީ.އެފް މެރިން ކޯޕްސްގެ ފޯމަރ ސާރޖަންޓް މޭޖަރ
އެމް.ޑަބަލިޔު.އެސް.ސީގެ ޑިޕާޓްމަންޓް ހެޑްކަން ކުރެއްވި
ކްލަބް ވެމްކޯގެ ރައީސް
ހިންގުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބަދަވި ސަހުސިއްޔަތު، ބަދަވީ އާއި މެދު ވެމްކޯގެ މުވައްޒަފުން އޭރުވެސް އަދި މިހާރުވެސް ދެކެމުން އަންނަ ގޮތަށް އެއްވެސް ބަދަލެއް އައުމެއްނެތި ސާބިތުކަމާއެކު ޚިދުމަތުގައި ހުންނެވިކަން ފާހަގަކޮށްލެވެ އެވެ. 2017 ވަނަ އަހަަރު ވެމްކޯ އާއި ގުޅިލެއްވި ބަދަވީ އަކީ މިއަދު މުޅި ދުނިޔޭގަވެސް އެންމެ ބައިބޯ ސިޓީ، އާދެ މާލޭ ސިޓީގައި އުފެދޭ ކުނިބުނި ނައްތައިލުމުގެ މުގުލުގައި ހުންނެވި ހިތްވަރުގަދަ ފަހުލަވާނެކެވެ.
“ދުވާލުގެ މަސައްކަތް ފަށާ ވަގުތުން ފެށިގެން ފަތިހު ހަތަރެއް ފަހެއް ޖަހާ އޮޕަރޭޝަންސްގެ ހުރިހާ ކަމެއް ނިމެންދެންވެސް ބަދަވީ ހުންނަވާނެ. މިހާރުވެސް، މިއަދުގެ ހާލަތަކީވެސް އެ ބޭފުޅާގެ ރަސްމީ ގަޑީގަ މަސައްކަތްކުރައްވަން ޖެހިލައްވާ މެނޭޖަރަކަށް ވިޔަސް، މިހާރުވެސް އެ ބޭފުޅާ ނިދިކުރައްވާނީ ރޭނގަނޑުގެ އޮޕަރޭޝަންސް އެއްކޮށް ނިމުމަށް ފަހުގަ.” ވެމްކޯގެ ސީނިއާ މަގާމެއްގައި ހުންނެވި ބޭފުޅެއް ބަދަވީ އާމެދު ހާމަކުރެއްވި އެވެ.
ވެމްކޯގެ ޑިޕާޓްމެންޓްތަކުގެ ތެރެއިން ހައުސްހޯލްޑް ވޭސްޓް ޑިޕާޓްމަންޓަކީ އެތަނުގެ އެންމެ ބޮޑު އެއް ޑިޕާޓްމަންޓެވެ. ގޭގެއިން ކުނި ނަގާ މީހުންގެ ތެރޭގަ ހިމެނޭ 240 ވަރަކަށް މީހުންނާ ކުނިކަހާ މީހުން ތެރޭގަ ހިމެނޭ 150 މީހުން ހިމެނޭ އެ ޑިޕާޓްމަންޓަކީ ރޯޑް ސްވީޕިންއާ ގޭގެއިން ކުނިނެގުމުގެ ވަރުގަދަ އޮޕަރޭޝަން ކުރިއަށްގެންދާ ޑިޕާޓްމަންޓެވެ. މި ހުރިހައި ކަމެއް ބަލަހައްޓަވަނީ ޝާން (ބަދަވީ) އެވެ. މީޑިއާ އިވެންޓްތަކުގައި ގިނަ ފަހަރަށް ވެމްކޯގެ އޮޕަރޭޝަންސްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަނީވެސް ބަދަވީ އެވެ.

ޓެލެވިޛަން މޯލްޑިވްސްގެ ޕްރޮގްރާމެއްގައި ބަދަވީ – ފޮޓޯ: ޝާން ފޭސްބްކް
“ޝާން (ބަދަވީ) އަކީ ކަންކަމަށް ކެރޭ ކުޅަދާނަ ބޭފުޅެއް. ފަހެއް ނުޖެހޭނެ. ކޮންމެ ކަމެއްގަ ރައްޔިތަކު ގުޅިޔަސް އެކަމެއް ހައްލުކޮށްދިނުމަށް އޭނާ މަސައްކަތްކުރައްވާނެ. މިއަދު ވެމްކޯގެ ހައުސްހޯލްޑް ވޭސްޓް ޑިޕާޓްމަންޓް ސްޓޭބަލްވެފަ އެ ހުރީ ހަމަ ޝާންގެ މޭސްތިރިކަމުގެ ދަށުން. އެއީ ވެމްކޯގެ އެންމެ ޚިދުމަތްތެރި އެއް މެނޭޖަރު.”
ރާއްޖެއަށް ހޭންޑްބޯލް ތަޢާރަފުކުރެއްވުމުގެ ފަހަތުގަައި ހުންނެވި ޝާން (ބަދަވީ) އަކީ މަޖީދިއްސާ ސްކޫލުގައި 3993 ވަނައަށް ރެޖިސްޓްރީވި ދަރިވަރެވެ. މިމަހު 20ވަނަ ދުވަހުގެ ރޭ 20:30ގައި މަޖީދިއްޔާ ސްކޫލުގައި ކުރިއަށްދާނެ މަޖީދިއްޔާ ސްކޫލް މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ އިންތިޚާބުގައި ޝާން ވާދަކުރަނީ އެ ޖަމިއްޔާ ހިންގުމުގެ މަސްއޫލިއްޔަތުގެ ތެެރެއިން ސެކްރެޓަރީގެ މަގާމަށެވެ.
“Your vote counts for the betterment of Majeedhiya” ޝާން ފޭސްބްކް މެދުވެރިކޮށް ކުރައްވާފައި ޕޯސްޓުގައި ފާހަގަކުރައްވާފައިވާ އެންމެ ފަހު ޖުމްލައިން އެކަނިވެސް، ޝާން (ބަދަވީ)ގެ ބަދަހި އަދި އެހާމެ ބަދަވި މޮޓޯ ފާހަގަކުރެވެ އެވެ.
މަޖީދިއްޔާ ސްކޫލް މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ އިންތިޚާބުގެ ފޯރިގަދަ ކަން މީސްމީޑިއާއިން ފެންނަމުން ދެއެވެ. ޓީމް ‘ޖޯޝް’ގެ ނަމުގައި އެކުލަވާލާފައިވާ ވަރުގަދަ ޓީމުގައި ޝާން (ބަދަވީ) ހިމެނޭކަން ވެސް ފާހަގަކޮށްލެވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 14 އޭޕްރިލް 2025ޚަބަރުރާއްޖެއަށް މަރުހަބާ! މިއަދުގެ އެންމެ ސަޅި ހުށައެޅުން “ޓޫ އޮފް އަސް” އަށް – ވީޑިއޯ
- 14 އޭޕްރިލް 2025ޚަބަރުއަނޫ މަލިކްގެ ހިތް “ޓޫ އޮފް އަސް” އިން އަތުލައިފި
- 14 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ދެވަނަ ހުށައެޅުން މިއަދު ހަވީރު
- 14 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކިން މާދަމާ ފަށަނީ