ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އައިފިލްމްސްގެ ފުރަތަމަ ވެބް ސީރީޒް “ބިރުވެރި ވާހަކަ”އިގެ ކުރިއަށް އޮތް އެޕިސޯޑުތަކުގެ ޓްރެއިލާ މިމަހު 13 ވަނަ ދުވަހު އާއްމުކޮށްފި އެވެ. “ބިރުވެރި ވާހަކަ- ޓްރެއިލާ 2” އިން މި ސީރީޒްގެ ކުރިއަށް އޮތް 05 އެޕސޯޑްގެ ބައެއް މުހިންމު މަންޒަރުތައް ފެނިގެންދެ އެވެ.
“އެއީ އެއް އިރެއްގަ މީހުން ގަަބޫލުކުރި ވާހަކައެއް. އެހެންވީމަ އެ ވާހަކަ…………………” މަޝްހޫރު އަދި ސީނިއަރ ގިނަ ތަރިންތަކެއްގެ އިތުރުން ފަހުގެ ތަރިންނާއި ބައެއް އައު މޫނުތައް ފެނިގެންދާ ޓްރެއިލާ ފެށޭއިރު، ހުނަރުވެރި އެކްޓަރ އަޙްމަދު ސަޢީދު ބުނަން ފަށާ ޖުމްލައިގައި ހިމެނޭ މި ވާހަކަކޮޅުން އެކަނިވެސް ސީރީޒް ބެލުމަށް އިތުރަށް ޝަޢުޤުވެރިކުރުވައެވެ.
“މިއީ ކުރިއަށް ވާން އޮތް ކަންތައްތަކުގެ ޚުލާސާއެއް. ވަރުގަދަ ސަސްޕެންސްތަކަކާއެކު ވަރުގަދަ ކަންތައްތަކެއް މީތިން ހާމަވެގެން ދާނެ.” ކުރިއަށް ހުރި އެޕިސޯޑްތަކާބެހޭ ކުރުކުރު ތަޢާރަފެއް ދެމުން މި ސީރީޒް ލިޔެ ޑައިރެކްޓްކުރާ އިލްޔާސް ވަހީދު މުނިއަވަސް އަށް ބުންޏެވެ.
“ކުރީގެ އެޕިސޯޑުތަކުންނާއި ކުރީގެ ޓްރެއިލާއިން ނުފެންނަ އިތުރު މޫނުތަކެއް ކުރިއަށްހުރި އެޕިސޯޑުތަކުން ފެނިގެންދާނެ.” އިލްޔާސް ފާހަގަކުރި އެވެ. އެގޮތުން ޢަބްދުﷲ މުއާޒު، ރަވީ ފާރޫޤް، އަޙްމަދު އަޒްމީލް، ރިޝްމީ ރަމީޒް، ދަރަކައިން ތަޢާރަފުވި ވިކީ ހިމެނެ އެވެ.
ހަމައެކަނި ދިރާގު ޓީވީން ދައްކާ “ބިރުވެރި ވާހަކަ” ސީރީޒް ޕްރޮޑިއުސްކުރީ އާސިމް ޢަލީ އެވެ.
އިލްޔާސް ވަހީދު އަދި މުޙައްމަދު ޢަބްދުލް ޣަނީ (ޑުމޯރ) އެޑިޓްކޮށްފައިވާ މި އެޕިސޯޑުތަކުގެ ޕޯސްޓް ޕްރޮޑަކްޝަން ހެދީ މުޙައްމަދު ޢަބްދުލް ޣަނީ (ޑުމޯރ) އަދި އޯކޭޒް ސްޓޫޑިއޯއިން ނެވެ. ވިޝުއަލްސް ހެދީ އޯކޭޒްގެ ސާމީ އަދި މުޙައްމަދު ޒައުލް އެވެ. ކެމެރާކުރީ އިސްމާޢީލް މުނައްވަރު (މުނޯ) އެވެ. މިއުޒިކްހެދީ ޙުސައިން ތަޢުފީޤް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!