ލޯބިލޯބި ފެމެލީ ޑްރާމާ ސްޓައިލްގެ ފިލްމަކަށް އިންތިޒާރު ކުރަމުން އަންނަ ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަކާއި މާރޗް 5 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާ ޑާކްރެއިން އެންޓަޓެއިންމެންޓު ގެ ފިލްމު “ވަކިން ލޯބިން”ގެ ދެވަނަ ލަވަ “ހިތުގެ ނަށާ ރާނީ” މި މަހު 14 ގައި ރިލީޒްކުރާނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.

“ހިތުގެ ނަށާ ރާނީ” މި ލަވަ ކިޔާދީފައިވަނީ މޯލްޑިވިއަން އައިޑަލް ސީޒަން2 ގެ ރަނަރަޕް ހަމޫދް އަހުމަދެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ)އެވެ. ހަމޫދުގެ އަސަރުގަދަ އަޑުން ކިޔާފައިވާ މި ލަވަ ސައުންޑުކްލައުޑްގައި މީގެ ދުވަސްތަކެއް ކުރިން ވަނީ އާއްމުކޮށްފަ އެވެ.

“ވަކިން ލޯބިން”ގެ ފުރަތަމަ ލަވަ “ޕަރީ” ވަނީ މީގެ ދެ ހަފްތާ ކުރިން އާންމުންނަށް ދޫކޮށްލައިފައެވެ.

މި ފިލްމުގެ ލީޑުން ފެނިގެންދާނީ ޑާކްރެ އިން އެންޓަރޓެއިންމަންޓްގެ އެންމެ މަޤުބޫލު ޖޯޑު ކަމުގައިވާ މުޙައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދާނެއެވެ.

އައިޝަތު ފުއާދު ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭކޭ ވެސް އެއްގޮތަށް މި ފިލްމުގެ ވިޒުއަލް އިފެކްޓްސް ހަދާފައި ވަނީ އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައި ވަނީ މުޙައްމަދު އިކްރާމްއެވެ.

ފިލްމުގެ ޓިކެޓް ބުކްކުރުން ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށް އެ ސްޓޫޑިއޯއިން ވަނީ ބުނެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.