އައިފިލްމްސްގެ ‘ބިރުވެރި ވާހަކަ’ ސީރީޒްގެ ފަސްވަނަ އެޕިސޯޑް “މަސްދަތުރު – 01” ދެއްކި ހިސާބުން މި ސީރީޒްގެ ކުލަވަރާއި ފޯރި އިތުރަށް ގަދަވާނެކަމަށް ހީކުރެވުނު ހީކުރެވުން “މަސްދަތުރު – 02” ބަލައިލުމުން މިވަނީ ޔަޤީންކުރެވިފަ އެވެ. މިމަހު 22ވަނަ ދުވަހުގެ ރޭ ދިރާގު ޓީވީން ރިލީޒްކުރި މި އެޕިސޯޑުގައި ފެންނަ ހަމަ އެންމެ މަންޒަރަކުން މިވަނީ އައިފިލްމްސްގެ “ބިރުވެރި ވާހަކަ” ސީރީޒް ރާއްޖޭގެ ފިލްމީ ތާރީޚުގައި އައު ސަފުޙާއެއް ލިޔެލާފަ އެވެ.
އާޓިކަލް ކިޔަން ފެށުމުގެ ކުރިން ކަވަރ ފޮޓޯއަށް ނަޒަރު ހުއްޓުނުދޯ އެވެ. އަދިވެސް އެއް ފަހަރު އެ ފޮޓޯއަށް ބަލައިލާށެވެ. މިއީ ރޭ ރިލީޒްކުރި “މަސްދަތުރު – 02″ން ފެންނަ މަޚްލޫގުގެ ޚާއްޞަ މޭކަޕް ތައްޔާރުކުރި އިރު ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯއިން މި ފެންނަނީ ސީރީޒުން ދައްކައިލާ މަޚުލޫޤުގެ ކުޑަ މިންވަރެކެވެ.
“ބިރުވެރި ވާހަކަ” ރާއްޖޭގެ ފިލްމީ ތާރީޚުގެ ތެރެއަށް ވަން ކަމަށް މި ފާހަގަކުރަނީ މި މަސައްކަތަކީ 100 އިންސައްތަ ދިވެހީންގެ މަސައްކަތަކަށް ވާތީ އެވެ. ކަނޑުގައި އުޅޭ މީހުންނާ އަވަލާ މި މަޚުލޫޤުގެ ޚާއްޞަ އަދި އެހާމެ މޮޅު މޭކަޕްކުރީ އައިފިލްމްސްގެ މޭކަޕް އާޓިސްޓް ރުޠުބާ އަޙްމަދު އެވެ. ދިވެހި ފިލްމަކުން ފެންނަ ފުރަތަމަ އެނިމޭޓެޑް ކްރީޗަރގެ މޮޅު މޯފިން، އެފްއެކްސް އަދި ޖީއެފްއެކްސް ހެދީ އޯކޭޒް އިންކް ސްޓޫޑިއޯގެ ހުނަރުވެރި ޓީމުންނެވެ.
“މަސްދަތުރު – 02″ން މި ސީރީޒްގެ ކުރީގެ އެޕިސޯޑުތަކުގައި ހިނގާފައިވާ ހާދިސާތަކާ ގުޅުވާލާފައިވެ އެވެ. ސައީދު އިސްވެ ހުރެ ހިންގަމުން ގެންދާ އިންވެސްޓިގޭޝަނަށް މައްސަލައާ ގުޅުންހުރި ފަރާތްތައް ހާޒިރުކޮށް ސުވާލުކުރެ އެވެ. ބައެއް ކަންކަން ތިލަވަމުން ނިއުޅެން ފަށައެވެ. އިންވެސްޓިގޭޝަނުގައި ސުވާލުކުރެވުނު އެންމެ މުހިންމު މީހާއާ ސުވާލުކޮށް ބައެއް މަޢުލޫމާތުތައް ސާފުކުރެވެ އެވެ.
‘ބިރުވެރި ވާހަކަ’ އެ މަޚުލޫޤެއްގެ ވަށައިގެން ދައުރުވާ މަޚުލޫޤު ފެންނަ ހިސާބުން ހަމަ ގައިމުވެސް ދިވެހި ފިލްމީ ފަންނާނުންގެ މަސައްކަތްތައް ގާތުން ބަލާ މީހެއްނަނަ، މި އެޕިސޯޑުން ފެންނަ މަސައްކަތަށް ތަޢުރީފުކުރާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!