ވެބް ސީރީޒް ”ޔަސްނާ“ގެ ހުރިހައި އެޕިސޯޑްތަކެއްވެސް ގެނެސްދޭނީ އިނގިރޭސި ސަބްޓައިޓްލްކޮށްގެން ކަމަށް ބްލޫވޭވް އެންޓަޓެއިންމެންޓުން ބުނެފި އެވެ. އެމްއެސް ވީޑިއޯ ކްލަބް މެދުވެރިކޮށް މި ސީރީޒް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ދައްކަން ފަށާނެ އެވެ.
ބްލޫވޭވް އެންޓަޓެއިންމެންޓުގެ ފުރަތަމަ ވެބް ސީރީޒް ”ޔަސްނާ“ގެ ޝޫޓިން އެއްކޮށް ނިންމައި 80 އިންސައްތަ އެޑިޓްކޮށް ނިމިފައިވާކަމަށް މި ސީރީޒްގެ ޕްރޮޑިއުސަރ ޢަލީ ރަޝީދު (ގޮޅާ އައްޔަ) މިއަދު މުނިއަވަސް އަށް ބުނެފައިވެ އެވެ.
“މީގެ އިތުރުން ފުރަތަމަ ފަސް އެޕިސޯޑު ޑަބްކޮށް ހުރިހައި މަސައްކަތެއް ނިންމައި މީޑިއާނެޓާ ވާނީ ހަވާލުވެސް ކޮށްފަ.” ޢަލީ ރަޝީދު ބުންޏެވެ.
”ޔަސްނާ“ މިއީ އާމިނަތު ރިނާޒާ ސްކްރީންޕްލޭ ލިޔެފައިވާ 13 އެޕިސޯޑުގެ ޑްރާމާ ސީރީޒެކެވެ. މި ސީރީޒް ޑައިރެކްޓްކުރަނީ ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ އިތުރުން އާމިނަތު ރިނާޒާ އެވެ.
”ޔަސްނާ“ގައި އިސްކޮށް ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ޢާއިޝަތު ލަހުފާ (ލަހޫ) ހިމެނެ އެވެ. މީގެ އިތުރުން ޢަލީ ޝަމީލް، މަރްޔަމް ހަލީމް، ޢަލީ ޔޫޝަޢު، ފާޠިމަތު ލަޠީފާގެ އިތުރުން އާމިނަތު ސާނާ ހިމެނެ އެވެ.

“ޔަސްނާ”ގެ ޕޯސްޓަރެއް – ފޮޓޯ: ބްލޫވޭވް އެންޓަޓެއިންމެންޓް
”ޔަސްނާ“ ވެބް ސީރީޒްގެ ތީމް ލަވައަކަށް ހޮވާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު 20 ވަނަ ދުވަހުގެ ރޭ މުނިއަވަސް ކްލަބްހައުސް ވީއައިޕީ ޝޯވް މެދުވެރިކޮށް ރިލީޒްކުރި ’ރިޓްޒް ލިރިކްސް‘ގެ ”ޖަޒްބާތު“ ލަވަ އެވެ. މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އަދި މަޝްހޫރުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ އާމިނަތު ރާޔާ ކިޔާފައިވާ ވަރަށް ހިތްގައިމު ލޯބީގެ ލަވައެކެވެ.
”ޔަސްނާ“ ވެބް ސީރީޒްގެ ޓްރެއިލާއެއް މުނިއަވަސް ފޭސްބްކް ޕޭޖް މެދުވެރިކޮށް މިމަހު 09ގައި ރިލީޒްކޮށްފައިވާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!