މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ 2022 ވަނަ އަހަރުގެ ހިންގާކޮމެޓީގެ އިންތިޚާބު ކުރިއަށްގެންދާނޭ ގޮތާއި އިންތިޚާބު ބާއްވާ އާއްމު ޖަލްސާގެ އެޖެންޑާ އާއްމުކޮށްފި އެވެ. އަންނަ މަހު 04ގައި ބާއްވަން ކުރިން ތާވަލުކުރި އިންތިޚާބު ބޭއްވުން މިހާރު މިވަނީ 27 ޖުލައި 2022ވާ ބުދަ ދުވަހުގެ ރެއަށް އަވަސްކޮށްފަ އެވެ.

ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބާއްވާ ޖަލްސާގައި ވޯޓުލާން ރަޖިސްޓްރީ ކުރުމަށް 20:00 ން 21:00 އަށް ވަގުތު ދިނުމަށް ހަމަޖެހިފައިވެ އެވެ. މިކަމަށް ދެވިފައިވާ ވަގުތުގެ ފަހުން، ވޯޓުލާ މަރުކަޒަށް އެއްވެސް މެމްބަރަކަށް ނުވަދެވޭނެ ކަމަށް އިންތިޚާބު ކޮމެޓީން ބުނެ އެވެ. ވޯޓްލާ މަރުކަޒުގެ އެތެރޭގައި ތިބެވޭނީ ކަނޑައެޅިފައިވާ ވަގުތަށް ވޯޓުލުމަށް ރަޖިސްޓްރީކުރި މެމްބަރުންނާއި ވޯޓު ރަޖިސްޓްރީކުރުމަށް އެހާތަނަށް ސަފުގައި ތިބި މެމްބަރުންނަށެވެ.

އެމްއެފްއޭ އިންތިޚާބު 2022ގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގެ ސެމިނާ ހޯލުގައި ރޭގަނޑު 21:00ން 21:30ގެ ނިޔަލަށެވެ. ވޯޓުލުމަށް ރަޖިސްޓްރީވެފައި ތިބި އެންމެހާ މެންބަރުން ވޯޓުލާ ނިމުމުން، ވޯޓުގުނާ ނަތީޖާ އިއުލާނުކުރުމަށް ހަމަޖައްސާފައިވަނީ 22:00 ގައެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ އިންތިޚާބު ކޮމެޓީން މިރޭ ނެރެފައިވާ އެޖެންޑާ ހިއްސާކޮށްލަމެވެ.

ވޯޓުލުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތައް، ވޯޓުލާ މަރުކަޒުގައި ތިބެ 22:00 އަށް ވޯޓުލައި ނުނިމިއްޖެ ނަމަ، އެ ފަރާތްތައް ވޯޓުލާ ނިމެންދެން ވޯޓުލުމުގެ ވަގުތު އިތުރުކުރެވޭނެ ކަމަށްވެސް އިންތިޚާބު ކޮމެޓީން އާއްމުކޮށްފައިވާ އެޖެންޑާގައި ބުނެ އެވެ.

މި ޖަލްސާގައި އަލަށް އިންތިޚާބުކުރެވޭ ހިންގާ ކޮމެޓީގެ މެންބަރުންގެ ފަރާތުން ވާހަކަދެއްކުންވެސް އޮންނާނެ އެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން ޢާމިރާ އިސްމާޢީލަށް މުނިއަވަސް ޓީމުން މަރުޙަބާ ކިޔަމު އެވެ.

އެމްއެފްއޭ ހިންގާ ކޮމެޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް

🎥 ޗެއާޕާސަން

🎫 އިބްރާހީމް ރަޝީދު މޫސާ   – ކެންޑިޑޭޓް ނަންބަރު 01

🎫 ޝިވާޒް ޢަބްދުﷲ   – ކެންޑިޑޭޓް ނަންބަރު 02

🎥 ވައިސް ޗެއާޕާސަން

🎫 ޢާމިރާ އިސްމާޢީލް   – މަޤާމަށް ހޮވިފައި 

🎥 ޖެނެރަލް ސެކްރެޓަރީ

🎫 މުޙައްމަދު ރިފްޝާން   – ކެންޑިޑޭޓް ނަންބަރު 01
🎫 މުޙައްމަދު މަނިކް  – ކެންޑިޑޭޓް ނަންބަރު 02

🎥 ޚަޒާންދާރު

🎫 ޢަބްދުﷲ މާހިރު   – ކެންޑިޑޭޓް ނަންބަރު 01
🎫 ޖާދުﷲ އިސްމާޢީލް  – ކެންޑިޑޭޓް ނަންބަރު 02

🎥 ބޯޑު މެންބަރުން

🎫 އަމްޖަދު އިބްރާހީމް   – ކެންޑިޑޭޓް ނަންބަރު 01
🎫 އަޙްމަދު ޝާހް ޢަލީ  – ކެންޑިޑޭޓް ނަންބަރު 02
🎫 ޢަލީ ޝާހިދު  – ކެންޑިޑޭޓް ނަންބަރު 03
🎫 މުޙައްމަދު ފައިސަލް  – ކެންޑިޑޭޓް ނަންބަރު 04
🎫 އިބްރާހީމް ރިޔާޒް  – ކެންޑިޑޭޓް ނަންބަރު 05

***********

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.