ބްލޫވޭވް އެންޓަޓެއިންމެންޓުގެ ފުރަތަމަ ވެބް ސީރީޒް “ޔަސްނާ” މީޑިއާނެޓްގެ ވީޑިއޯ ކްލަބުން އޯގަސްޓް 12 ވަނަ ދުވަހު ދައްކަން ފަށާނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ. މި ސީރީޒްގެ އައު ޓްރެއިލާއަކާ އެކު މީޑިއާ ނެޓުންވެސް މިކަން އިޢުލާނުކޮށްފައިވެ އެވެ.
އިނގިރޭސި ސަބްޓައިޓްލް ހިމަނައިގެން ގެނެސްދޭ ވެބް ސީރީޒް “ޔަސްނާ” މިއީ އާމިނަތު ރިނާޒާ ސްކްރީންޕްލޭ ލިޔެފައިވާ 13 އެޕިސޯޑުގެ ޑްރާމާ ސީރީޒެކެވެ. މި ސީރީޒް ޑައިރެކްޓްކުރަނީ ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ އިތުރުން އާމިނަތު ރިނާޒާ އެވެ.
”ޔަސްނާ“ގައި އިސްކޮށް ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ޢާއިޝަތު ލަހުފާ (ލަހޫ) ހިމެނެ އެވެ. މީގެ އިތުރުން ޢަލީ ޝަމީލް، މަރްޔަމް ހަލީމް، ޢަލީ ޔޫޝަޢު، ފާޠިމަތު ލަޠީފާގެ އިތުރުން އާމިނަތު ސާނާ ހިމެނެ އެވެ.
”ޔަސްނާ“ ވެބް ސީރީޒްގެ ތީމް ލަވައަކަށް ހޮވާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު 20 ވަނަ ދުވަހުގެ ރޭ މުނިއަވަސް ކްލަބްހައުސް ވީއައިޕީ ޝޯވް މެދުވެރިކޮށް ރިލީޒްކުރި ’ރިޓްޒް ލިރިކްސް‘ގެ ”ޖަޒްބާތު“ ލަވަ އެވެ. މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އަދި މަޝްހޫރުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ އާމިނަތު ރާޔާ ކިޔާފައިވާ ވަރަށް ހިތްގައިމު ލޯބީގެ ލަވައެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!