މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސްއިން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އާއި ގުޅިގެން މިމަހު ބޭއްވުމަށް ހަމަޖައްސާފައިވާ އެކްޓިންގް ފޮރ ތިއޭޓަރ އެންޑް ފިލްމް ވޯރކްޝޮޕް ބާއްވާ ތާރީޚް 24 ސެޕްޓެމްބަރު 2022 އަށް ފަސްކޮށްފި އެވެ. މި ތާރީޚު ފަސްކުރުމާގުޅިގެން ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވައިލި ފުރުޞަތުވެސް މިހާރު ވަނީ 15 ސެޕްޓެމްބަރުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފަ އެވެ.
މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސްއިން ބުނީ މިހާރުވެސް މި ވޯކްޝޮޕްގައި ބައިވެރިވުމަށް އެކަށީގެންވާ އަދަދަކަށް ފަންނާނުން ރަޖިސްޓްރީވެފައިވާ ކަމަށާ ވޯކްޝޮޕް ފަށާ ތާރީޚު ފަސްކުރެވުނީ އެމްއެސްޕީއޭގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާ)، މޭޖަރ ސާރޖަރީއެއް ކުރުމުގައި މިވަގުތު ރާއްޖެއިން ބޭރުގައި ހުންނަން ޖެހުމާއި ގުޅިގެން ކަމަށެވެ.
އެކްޓިންގް ފޮރ ތިއޭޓަރ އެންޑް ފިލްމް ވޯރކްޝޮޕްގައި ކިޔަވައިދޭނީ އިންޑިއާގެ ނިއުދިއްލީގެ ފިލްމީ ދާއިރާގައި އެކްޓިން ކިޔަވައިދެމުން އަންނަ ތަޖުރިބާކާރެއް ކަމަށްވާ ދިލިޕް ކަނާލްއެވެ.
View this post on Instagram
ވޯރކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެމް.އެސް.ޕީ.އޭއަށް މެއިލްއަކުން ނަމާއި އެޑްރެސް އަދި ކޮންޓެކްޓް ނަންބަރު ފޮނުވާލައިގެން ބައިވެރި ވެވޭނެއެވެ. ނުވަތަ، 7727264 ނަންބަރަށް މި ދެންނެވި މަޢުލޫމާތުތައް ވައިބަރުކޮށްލައިގެން ވެސް ރެޖިސްޓަރީވެވޭނެ އެވެ. މީގެ އިތުރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި އެން.ސީ.އޭގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ.
އެކްޓިންގް ފޮރ ތިއޭޓަރ އެންޑް ފިލްމް ވޯރކްޝޮޕްގެ ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އެން.ސީ.އޭގަ އެވެ. ކްލާސް އޮންނާނީ ރޭގަޑު 08:00އިން 11:00އަށެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު ވެސް ކްލާސްތައް އޮންނާނެ އެވެ.
ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފީއަކީ ޖުމްލަ 500 ރުފިޔާ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!