ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ހުޒާމް ނިޔާވެއްޖެ އެވެ. ހުޒާމް ނިޔާވެފައިވަނީ ވަރަށް ބޮޑަށް ބަލިވެ އުޅުމަށްފަހު އިންޑިއާގައި މިރޭގެ ވަގުތެއްގަ އެވެ.
ހުޒާމްގެ މަރާއި ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް އަދި ނުލިބެ އެވެ. ނަމަވެސް އޭނާ އަކީ ފުއްޕާމޭގެ ބައްޔަކަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން ބޭސް ކުރަމުން އައި މީހެކެވެ. އޭނާ ނިޔާވީ ބެންގަލޫރުގައި ފަރުވާ ހޯދަމުން އަންނަނިކޮށެވެ.
ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ގިނަ ލަވައެއް ހުޒާމް ކިޔާފައިވެ އެވެ. އޭގެ ތެރޭގައި “ދޮންކަނބުލޯ ނިދާލާށޭ”، “ތުއްތު މޫނާ”، “ވަކިވީ ލޯބިން” “ޔާރާ އަހާށޭ އާޝިޤް…”، “މުޅި ޖާން ހިތާ” ފަދަ ލަވަތައް މިއީ މިއަދުވެސް ދިވެހީންގެ ޕްލޭލިސްޓްގައި ހިމެނޭ ހިޓް ލަވަތަކެކެވެ.
ރާއްޖެ ދުށް އެންމެ މޮޅު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ހުޒާމްގެ އާއިލާއަށް މުނިއަވަސް ޓީމާއި ކިޔުންތެރިންގެ ފަރާތުން ތަޢުޒިޔާ ރައްދުކުރަމެވެ. ދުޢާއަކީ ހުޒާމްގެ ފުރާނައަށް ޖަންނަތުލް ފިރްދައުސް މިންވަރުކުރެއްވުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ސެޕްޓެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!