މީޑިއާނެޓްގެ ވީޑިއޯ ކްލަބުން، ވެބް ސީރީޒް “ޔަސްނާ” ދައްކަން ފަށައިފި އެވެ. މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިމަހު 12 ވަނަ ދުވަހު ސްޓްރީމިންއަށް ދޫކޮށްލާފައިވާ އެވެ.
ޝައުގުވެރި ފެށުމަކާ އެކު ދައްކަން ފަށާފައިވާ “ޔަސްނާ” އަކީ 13 އެޕިސޯޑްގެ ސީރީޒެކެވެ.
ބްލޫވޭވް އެންޓަޓެއިންމެންޓުގެ ފުރަތަމަ ވެބް ސީރީޒް “ޔަސްނާ”ގެ އައު ޓްރެއިލާއެއް މުނިއަވަސް ފޭސްބުކް ޕޭޖްގައި މިއަދު ރިލީޒް ކޮށްފައިވާނެ އެވެ.
”ޔަސްނާ“ގައި އިސްކޮށް ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ޢާއިޝަތު ލަހުފާ (ލަހޫ) ހިމެނެ އެވެ. މީގެ އިތުރުން ޢަލީ ޝަމީލް، މަރްޔަމް ހަލީމް، ޢަލީ ޔޫޝަޢު، ފާޠިމަތު ލަޠީފާގެ އިތުރުން އާމިނަތު ސާނާ ހިމެނެ އެވެ.
”ޔަސްނާ“ ވެބް ސީރީޒުން ލަހޫގެ މޮޅު އެކްޓިން އެއް ފެނިގެންދާއިރު، ފާތިމަތު ލަތީފާ ދައްކާލާފައި ވަނީ މީގެ ކުރިން އޭނާ ކުޅެފައިވާ ރޯލުތަކަށް ވުރެ ތަފާތު ރޯލެކެވެ.
އިނގިރޭސި ސަބްޓައިޓްލް ހިމަނައިގެން ގެނެސްދޭ ވެބް ސީރީޒް “ޔަސްނާ” މިއީ އާމިނަތު ރިނާޒާ ސްކްރީންޕްލޭ ލިޔެފައިވާ ޑްރާމާ ސީރީޒެކެވެ. މި ސީރީޒް ޑައިރެކްޓްކުރީ ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ އިތުރުން އާމިނަތު ރިނާޒާ އެވެ.
“ޔަސްނާ”ގެ އައު އެޕިސޯޑެއް ކޮންމެ ހުކުރުދުވަހަކު މީޑިއާނެޓުން ދައްކާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
