ބޮލީވުޑްގެ މެގަ ސްޓަރ ސަލްމާން ޚާންގެ “އޭކް ތާ ޓައިގަރ” ނެރުނުތާ 10 އަހަރު ފަހުން “ޓައިގަރ 3” ރިލީޒްކުރާ ތާރީޚް އިއުލާނުކޮށްފިއެވެ.

“ޓައިގަރ 3” ރިލީޒްކުރާނެ ތާރީޚް ސަލްމާން އެނައުންސްކުރީ “އޭކް ތާ ޓައިގަރ” ނެރުނުތާ ދަހަރެއް ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އޯގަސްޓް 15 ގައި ބޭއްވި ހަރަކާތެއްގައެވެ.

ސަލްމާންގެ އިތުރުން ލީޑްގައި ކެޓްރީނާ ހަރަކާތްތެރިވާ “ޓައިގަރ 3” ރިލީޒްކުރާނީ 21 އޭޕްރީލް 2023ގައި ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުންނެވެ.

މި ޚަބަރު މީސްމީޑިއާގައި ހިއްސާކުރަމުން ސަލްމާން ބުނީ “އޭކް ތާ ޓައިގަރ” ނެރުނުތާ 10 އަހަރު ވެއްޖެ ކަމަށާ މި ދަތުރު އަދިވެސް އޮތީ ކުރިއަށް ކަމަށެވެ.

“2023ގެ އީދާ ދިމާކޮށް ޓައިގަރ 3 އަށް ތައްޔާރުވޭ!” ސަލްމާންގެ ޓްވީޓްގައި ބުނެފައިވެ އެވެ.

ސަލްމާންގެ އިތުރުން، “ސޫރްޔާވަންޝީ”ގައި ހަރަކާތްތެރިވެފައިވާ އެކްޓްރެސް އަދި ޔަޝް ރާޖް ފިލްމްސް އިންވެސް ވަނީ ކުރީ ފިލމްގެ ބައެއް މަންޒަރުތަކާއި މިފަހަރުގެ ފިލްމުގެ އެކްޝަން މަންޒަރެއް ހިމަނައިގެން ފޮޓޯއަކާއެކު ފިލްމު ނެރޭނެ ތާރީޚް އިއުލާނުކޮށްފަ އެވެ.

“ޓައިގަރ 3″ގެ އިތުރަށް “ވޯންޓެޑް”ގައި ހަރަކާތްތެރިވި އެކްޓަރ “ކަބީ އީދް ކަބީ ދިވާލީ”ގައި ވެސް ފެނިގެންދާނެ އެވެ. މި ފިލްމުގައި ސަލްމާންގެ އިތުރަށް ފެނިގެންދާނީ ޕޫޖާ ހޭގްޅޭ އަދި “ބިގްބޮސް 13″ގައި ފެނިގެންދިޔަ ޝެހްނާޒް ގިލް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.