އިންދާފައި ހުންނަ ގަަހަކަށް ފެންނުދީ ދެ ދުވަހެއް ވާންދެން މަޑުކޮށްލުމަށްފަހު އެ ގަހަށް އަންނަ ބަދަލާއިމެދު ވިސްނާލާށެވެ. ގަހަށް އައިސްފައި ހުންނާާނީ ކޮންކަހަލަ ބަދަލުތަކެއް ހެއްޔެވެ؟ ހަމަ ގައިމުވެސް އެންމެ ބޮޑަށް ފާހަގަކުރެވޭނެ އެއް ބަދަލަކީ ގަހުގައި އެއްވެސް ތާޒާކަމެއް ނުހުންނާނެ އެވެ. ފަތްތައް ހުންނާނީ މިލައި މޯޅިވެފައެވެ. ނަމަވެސް އަހަރުމެން އިންސާނުންގެ ހަށިގަނޑަށް އެކަށީގެންވާވަރަށް ފެން ބޮވޭތޯ ނުވަތަ ނޫންތޯ ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟ އަހަރުމެންގެ ހަށިގަނޑު މިލައި މޯޅިވޭހެއްޔެވެ؟ ތާޒާކަން ގެއްލޭހެއްޔެވެ؟

ހަށިގަނޑަށް އެކަށީގެންވާވަރަށް ފެން ބޭނުން ނުކުރެވޭކަން އަންގައިދޭ އަށް ނިޝާނަކަށް ބަލައިލަމާާ ހިނގާށެވެ.

1- ލޯޝަން ލިޔަސް ހަންގަނޑުގެ ކުރަކިކަން ނުފިލުން

އެކަށީގެންވާ ވަރަށް ކިތަންމަ ވަރަކަށް ލޯޝަން ލިޔަސް ހަންގަނޑުގެ ކުރަކިކަން ނުފިލާާނަަމަ، ފެން ބޯ މިންވަރު އިތުރުކުރާން ޖެހެއެވެ. ހަންގަަނޑުގެ ތެތްކަން ހިފަހައްޓައިދޭ ‘ސީބަމް’ އެކަށީގެންވާާ ވަރަށް އުފައްދައިދޭނީ އޭރުންނެވެ. ސީބަމް އަކީ ހަަންގަަނޑުގައި ހުންނަ ސެބޭޝަސް ގްލޭންޑުން އުފައްދާާ ތެޔޮކަަން ހުންނަ މާއްދާއެކެވެ.

2- އަނގަ ހިކުމާއި އަނގަައިގެ ކުޅު އޮލަވުން

އަނގަ ހިކުމާާއި އަނގައިގެ ކުޅު އޮލަވެ އުނދަގޫވާާގޮތް ވާނަމަ އަވަހަށް ފެން ތަށްޓެއް ބޯލާށެވެ. މިއީވެސް ހަށިގަނޑުން ފެންމަދުވެފަައިވާކަމުގެ ނިޝާާނެކެވެ.

3- ބޮލުގައި ރިއްސުން

ހަށިގަނޑުން ފެންމަަދުވުމުން އެއްމެ އާއްމުކޮށް ފެންނަ އެއް އަލާމާތަކީ ބޮލުގައި ރިއްސުމެވެ. ފެން ބޯ މިންވަރު ވަރަށް ބޮޑަށް މަދުވެއްޖެނަމަ، ބޮލުގައި ރިހުން މައިގްރޭން އަށް ބަދަލުވެ އެވެ. މިފަދަ ބޮލުގައި ރިއްސުމެއް ހުންނަ ނަަމަަ، ފެން ބުއިން އިތުރުކޮށް، ހަަކުރު އެކުލެވޭ ބުއިންތައް  ބޭނުންކުރުމުން ދުރުހެލިވާށެވެ.

4- ބަރުދަން އިތުރުވުން

ފެންބުއިން މަދުވުމަކީ ބަރުދަން އިތުރުވާ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ވަަރަށް ފެން ބޯނަމަ، ހަށިގަަނޑުގެ މެޓަބޮލިޒަމް ގެ މަސައްކަތް އިތުރުކޮށްދެ އެވެ. މެޓަބޮލިޒަމް ރަނގަޅުވުމަކީ ހަށިގަނޑުގެ އެންމެހައި ކަންކަން ރަނގަަޅުމަގުން ހިނގުމަށް އެންމެ މުހިންމު އެއްކަމެވެ.

5- ބަަނޑުހިކުން

ފަސޭހަަކަަމާއެކު ބޮޑުކަމުދިއުމަށްޓަކައި ހަށިގަނޑަށް ފެން ބޭނުންވެއެވެ. ބަނޑުހިކުމަށް މެދުވެރިވާ އެހެން ސިއްޙީ މައްސަލަައެއްނެތި ބަނޑުހިކޭނަމަަ، އެއީ ހަށިގަނޑުން ފެންމަދުވުމުން ކުރިމަތިވާ މަައްސަލައެއްކަމަށް ބެލެވެއެވެ.

6- ޔުރިނަރީ ޓްރެކް އިންފެކްޝަންތައް (ޔޫޓީއައި) ކުރިމަތިވުން

ފެންބުއިން މާބޮޑަށް މަދުވުމުން ކުޑަކަމުދާ ނިޒާމުގެ ބަަލިތަކަށް ހުށައެޅުން ގާާތެވެ. އެހެންކަމުން ގިނައިން ފެންބުއިމަކީ މަަސާނާ (ބްލެޑަރ) ގައި އުފެދޭ ޖަރާާސީމުގެ ބާާވަތެއްކަމަށްވާ ބެކްޓީރިއާ ނައްތާލައި، ކުޑަކަަމުދާ ނިޒާމުގެ ހޮޅިތަކަށް ކުރިމަތިވާ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.

7- މޫޑު ސަކަރާތްވުން

ހަށިގަނޑުން ފެން މަދުވުމަކީ ސިކުނޑީގެ ކީމިޔާ (ކެމިސްޓްރީ) އަށް ބަދަލު އައިސް މޫޑު ސަކަރާތްވުމަށް މަަގުފަހިވާާ ކަމެކެވެ. އެހެންކަމުން ރަނގަަޅު މޫޑެއްގައި ހުރުމަށް ފެނަކީ ވަރަށް މުހިންމު އެއްޗެކެވެ.

8- އަކުނިވަަޔަށް ދެމުން

އަކުނިވަޔަަށް ދެމުމަކީވެސް ހަށިގަނޑުން ފެންމަދުވުމާއި ގުޅިފައިވާާ ކަމެކެވެ. އަކުނިވަޔަށް ދެމުން ހައްލުކުރުމަށް ކަސްރަތުކުރުމާއި މަސާޖު ކުރުންފަދަ ކަންކަން ކުރެވިދާނެ އެވެ. ނަމަވެސް މިކަންކަމުގެ ބަދަލުގައި ގިނަގިނައިން ފެންބުއިމަކީ މިކަމަށް އޮތް އެންމެ ފަސޭހަ އެއް ހައްލެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބުމުން ހަށިގަަނޑުގެ ލޭހޮޅިތައް ތެރޭގައި ލޭގެ ދައުރާނަވުން (ސަރކިއުލޭޓް ވުން) ލަސްކޮށްދެ އެވެ.

ހަށިގަނޑުގެ ބަރުދަނާާއި ސައިޒަށް އެކަށީގެންވާ މިންވަރަށް ފެން ބުއިމަކީ ފުރިހަމަ ސިއްހަަތެއްގައި ހުރުމަށް މުހިންމު ކަމެކެވެ. މިކަން އަބަދުވެސް ހަަނދާނުގައި ބަހައްޓާށެވެ. ފެންބޮވައިގަތުމުން އައިސް ނުކޮށް ހުންނަ ސާފު ބޯފެން ބުއިމަށް އަބަދުވެސް ހަނދާންކުރާށެވެ.

މަސްދަރު: ޓޮޕް ބަަޒް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.