ޝަރީފު (އަލީ ޝަމީލް)ގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ފައުޒާން (އަލީ އާޒިމް – ދޮންއައްޔަ) ބޭރު ގައުމެއްގައި ކިޔަވަން ހުރެފައި، ޗުއްޓީއަކަށް މާލެ އާދެ އެވެ. މާލެ އަންނަ ތަނުން އޭނާގެ ގެއިން ދިމާވަނީ އޭނާގެ އަތުން ބީވެފައިވާ އޭނާގެ ލޯބިވެރިޔާ ޔަސްނާ (ޢާއިޝަތު ލަހުފާ) އާއެވެ. ބީވެފައިވާ ލޯބިވެރިޔާ އަލުން ހާސިލުކުރަން ފައުޒާން ބޭނުންވެ އެވެ. ނަމަވެސް އޭރު ފައުޒާންގެ ލޯބިވެރިޔާ ހުރީ އަލުން އަނބުރާ ނާދެވޭނެ ފަދަ ހާލަތެއްގައި ކަމެއް ފައުޒާނަކަށް ނޭނގެއެވެ.
މި ކިޔައިދިނީ މީޑިއާނެޓްގެ ވީޑިއޯ ކްލަބުން މިމަހު 12 ވަނަ ދުވަހު ދައްކަން ފެށި ވެބް ސީރީޒް “ޔަސްނާ”ގެ ކުރު ޚުލާސާއެކެވެ. މިހާރު މި ސީރީޒްގެ ދެވަނަ އެޕިސޯޑްވެސް އެމްއެސްޓީވީން ބަލައިލެވޭނެ އެވެ.
ބްލޫވޭވް އެންޓަޓެއިންމެންޓުގެ ފުރަތަމަ ވެބް ސީރީޒް “ޔަސްނާ”ގައި އިސްކޮށް ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ޢާއިޝަތު ލަހުފާ (ލަހޫ) ހިމެނެ އެވެ. މީގެ އިތުރުން ޢަލީ ޝަމީލް، މަރްޔަމް ހަލީމް، ޢަލީ ޔޫޝަޢު، ފާޠިމަތު ލަޠީފާގެ އިތުރުން އާމިނަތު ސާނާ ހިމެނެ އެވެ.
އިނގިރޭސި ސަބްޓައިޓްލް ހިމަނައިގެން ގެނެސްދޭ ވެބް ސީރީޒް “ޔަސްނާ” މިއީ އާމިނަތު ރިނާޒާ ސްކްރީންޕްލޭ ލިޔެފައިވާ ޑްރާމާ ސީރީޒެކެވެ. މި ސީރީޒް ޑައިރެކްޓްކުރީ ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ އިތުރުން އާމިނަތު ރިނާޒާ އެވެ.
“ޔަސްނާ”ގެ އައު އެޕިސޯޑެއް ކޮންމެ ހުކުރުދުވަހަކު މީޑިއާނެޓުން ދައްކާނެ އެވެ.
މީޑިއާނެޓަށް ފައިސާދެއްކުން މިހާރު މިވަނީ ވަރަށް ބޮޑަށް ފަސޭހަކޮށްދީފަ އެވެ. ޕެކޭޖްތަކަށް ފައިސާދެއްކުމަށް ދީފައިވާ ‘ކުއިކްޕޭ’ ލިންކް މެދުވެރިކޮށް ފައިސާދައްކައިލެވޭނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!