ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާރ އިން އަކްޝޭގެ ކުމާރުގެ ފިލްމު “ކަޓްޕުތުލީ” ޑިޖިޓަލް ޕްރިމިއާ އެއް ބާއްވަން ތައްޔާރު ވެފައިވާއިރު، އެ ފިލްމު ވަނީ ސްޓަރ ނެޓްވޯކުން 180 ކުރޯޑް ރުޕީސްއަށް ގަނެފައެވެ.
“ކަޓްޕުތުލީ”ގެ ޑިޖިޓަލް ރައިޓްސްއަށް ގާތްގަނޑަކަށް 135 ކްރޯޑް ރުޕީސް ޚަރަދުކޮށްފައިވާއިރު، ސެޓެލައިޓް އަދި މިއުޒިކަށް 45 ކުރޯޑް ރުޕީސް ވަނީ ލިބިފައި.”
ވިޔަފާރީގެ މަސްދަރަކުން ހާމަކުރި ގޮތުގައި ސްޓަރ ނެޓްވޯކާ އެއްކޮށް އޮތް ބްލޭންކެޓް ޑީލަކީ ގާތްގަނޑަކަށް 180 ކްރޯޑް ގެ ރުޕީސްގެ ޑީލެކެވެ.
ޕޫޖާ އެންޓާޓެއިންމެންޓުން ޕްރޮޑިއުސް ކޮށްފައިވާ “ކަޓްޕުތުލީ” ޑައިރެކްޓްކޮށްފައި ވަނީ ރަންޖީތު ތިވާރީ އެވެ. މިއީ 2021 ވަނަ އަހަރު ރިލީޒްކުރި ތްރިލާ ފިލްމެއް ކަމަށްވާ “ބެލް ބޮޓޮމް” އަށްފަހު ޕޫޖާ އެންޓަރޓައިންމެންޓާއި ރަންޖީތު އާއެކު އަކްޝޭ ކުޅެފައިވާ ދެވަނަ ފިލްމެވެ. މި ފިލްމުގައި އަކްޝޭގެ އިތުރުން އަންހެން ލީޑު ކުޅެފައިވަނީ ރަކުލް ޕްރީތު ސިންގް އެވެ.
“ކަޓްޕުތުލީ” އަށް ބަލާލާއިރު، ބޮލީވުޑް ފިލްމަކަށް ޑިޖިޓަލް ޑީލަކަށް އެންމެ ބޮޑު އަގެއް ލިބިފައިވާއިރު، އެންމެ ބޮޑު އަގެއް ލިބިފައިވާ ފަސް ފިލްމުގެ ތެރެއިން ތިން ފިލްމަކީ އަކްޝޭ ކުމާރުގެ ފިލްމު ތަކެވެ.
އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަބީޝެކް ޝަރްމާ ރިލީޒް ކުރާ ފިލްމް “ރާމް ސެތޫ” އިންނެވެ. މި ފިލްމަކީ މުޅި ދުނިޔޭގެ ސިނަމާތަކުގައި މިއަހަރުގެ ދިވާލީގައި އެޅުވުމަށް ތައްޔާރުވަމުން އަންނަ ފިލްމެކެވެ. މި ފިލްމުގެ އިތުރުން އަލީ އައްބާސް ޑައިރެކްޓްކުރާ “ބަޅޭ މިޔާނ ޗޯޓޭ މިޔާނ” އިން އަކްޝޭ ފެނިގެން ދާނެއެވެ. އަކްޝޭގެ އިތުރުން ޓައިގަރ ޝްރޮފް ވެސް މި ފިލްމުގައި ހަރަކާތްތެރިވާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިފޫހިފިލުވުމުގެ ޚަބަރުތަކުގެ އިތުރުން ވައްޓަފާޅިއާއި ގުޅުންހުރި ލިޔުންތައް އިމްޝާ ކަވަރު ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2024ރިޕޯޓްދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރެވޭނީ ކިހިނެއް؟
- 1 ޖެނުއަރީ 2024ޚަބަރުޕާކިސްތާން ޑްރާމާ “ތޭރޭ ބިން” ގެ ދެވަނަ ސީޒަން ގެންނަނީ
- 20 ސެޕްޓެމްބަރ 2022ޚަބަރު“އިޝްޤް ހޯގަޔާ”ލަވައިން ފަހްމާން އަދި ސުމްބުލް
- 27 އޯގަސްޓް 2022ޚަބަރުސްޓަރ ނެޓްވޯކުން އަކްޝޭގެ “ކަޓްޕުތުލީ” ބޮޑު އަގުގައި ގަނެފި