ދީޕަކް މުކުތާ އަދި މަންސީ ބަގްލާ އުފެއްދުމަށް ތައްޔާރުވަމުން އަންނަ ހަޔާތުނާމާ ފިލްމުގައި ސުޝްމީތާ ސެން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދީޕަކް ބުނީ އެއަށް ސުޝްމީތާ ވަރަށް ފިޓް ކަމަށާއި އޭނާއާ އެކު މަސައްކަތްކުރަން ކެތްމަދުވެފައިވާ ކަމަށެވެ.
ދީޕަކް މުކުތާ އުފައްދާ ފިލްމަށް ކިޔާނެ ނަމެއް އަދި ނުނިންމަ އެވެ. ދީޕަކްގެ ޕްރޮޑަކްޝަން ހައުސް، ސޯހަމް ރޮކްސްޓާ އެންޓަޓެއިންމަންޓާއި މަންސީ ބަގްލާގެ މިނީ ފިލްމްސް އަދި ސިބު ސުމުލްގެ ބަންގްލޯ ނަމްބަރު 84 އަކުން ޕްރޮޑިއުސްކުރާ އެ ފިލްމުގައި ސުޝްމީތާ ވަރަށް ތަފާތު ގޮތަކަށް ފެންނާނެ ކަމަށް ބުންޏަސް އެ ރޯލާ ގުޅޭ މާބޮޑު މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ.
މަންސީ ބްގްލާ އަދި މިނީ ފިލްމްސްއިން ބުނީ އެމީހުން ހަދާ ހަޔާތުނާމާ ފިލްމުގެ އިސް ބަތަލާއެއްގެ ރޯލުން ފެނިގެންދާނީ ސުޝްމީތާ ސެން ކަމަށާ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުން ގެންދާނެ ކަމަށެވެ.
“ފިލްމު “ފޮރެންސިކް”ގެ ފަހުން ވަރުގަދަ އެނައުންސްމެންޓެއް ދިނުމަށް އަހަރެން ބޭނުންވި. މިއީ އެކަމުގެ ވަގުތުކަމަށް އަހަރެން ދެކެން. މިއީ އަހަރެންގެ ފަރާތުން އަހަރެންގެ އުފަންދުވަހު އަހަންނަށް ދޭ ހަދިޔާއެއް.” މަންސީ ބުނެފައިވެ އެވެ.
ދީޕަކް އާއި މަންސީ ވަނީ މީގެ ކުރިން ވެސް އެކުގައި މަސައްކަތްކޮށްފަ އެވެ. އެ މީހުން ވަނީ ވިކްރާންތު މަސޭ އާއި ރާދިކާ އާޕްތޭ އެކުގައި ކުޅުނު ފިލްމު “ފޮރެންސިކް” ޕްރޮޑިއުސްކޮށްފަ އެވެ.
ސުޝްމިތާ ލީޑު ރޯލު ކުޅޭ އެ ފިލްމަކީ އެމީހުން އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!