ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ، ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ތަޢުރީފް ގެ ބަސްތައް ފިލްމު ‘ދެވަންސޫރަ’ އަށް އޮއްސާލައިފި އެވެ. މިއަހަރު ރިލީޒް ކުރެވުނު ފުރަތަމަ ފީޗާ ފިލްމް “ދެވަންސޫރަ” ރޭ އޮލިމްޕަހުގައި ރިލީޒް ކޮށްފަައިވާއިރު، ފިލްމު ބަަލައި ނިމިގެން ނަަހުލާ ވަނީ ‘ދެވަންސޫރަ’ އަށް ތަޢުރީފް ކޮށް ‘ދެވަންސޫރަ’ ޓީމަަށް މަރުހަބާ ކިޔާފަ އެވެ.

“އެއް ބޮނޑިން އެކީ ބަަލައިލެވުނު ފިލްމެއް. ތިފަދަ ސަސްޕެންސުން ފުރިގެންވާ ސްކްރިޕްޓް އަދި އާދަޔާޚިލާފަށް މޮޅު ޑައިރެކްޝަން އަށް ހެޓްސް އޯފް ޓު ބްރަދަަރ ޔޫސުފް ޝަަފީޢު. (ބްރަދަރ ޔޫސުފް ޝަފީޢު އަށް އައްސަރިބަަހާ ސާބަސް)، މަރުހަބާ ޓީމަށް. މުޙައްމަަދު ފައިސަލް އަށް ޝުކުރިއްޔާ. ރަނގަަޅު މަސައްކަތެއް.”

ރޭ ދަންވަަރު ނަހުލާ ގެ ފޭސްބްކް ގަައި ކޮށްފައިވާ ޕޯސްޓެއްގަައި ބުނެފައިވެއެވެ.

‘ދެވަންސޫރަ’ އަށް ތަޢުރީފްކޮށް ނަހުލާ ކޮށްފައިވާ ޕޯސްޓް ގެ ސްނިޕެއް

‘ދެވަންސޫރަ’ ބެލުމަަށްފަހު ފިލްމަަށް ގިނަބަަޔަކު އަންނަނީ ތަޢުރީފް ކުރަމުންނެވެ.

‘ދެވަންސޫރަ’ އަކީ ސިއްރު މަރެއްގެ ހަގީގަތް ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ ތަހްގީގެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ސަސްޕެންސް ތްރިލާ އެކެވެ. މިއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ،ޑައިރެކްކޮށްފައިވާ ފިލްމެކެވެ.

އަހްމަދު ޝާހް އާއި އަލީ ޝަޒްލީމް ޕްރޮޑިއުސްކޮށްފައިވާ މިފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ މަރިޔަމް ޝިފާ އާއި، ޔުސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު ފައިސަލް، އަހުމަދު ސައީދު، އަލީ ޝަޒްލީމް، އަހުމަދު އީސާ (އާނަންދު) ޖާދުﷲ އިސްމާއިލް (ޖާދު)، އަލީ އާޒިމް (ދޮން އައްޔަ)، ފާތުމަތު އަޒީފާ (އަޒޫ)، ނާޝިދާ މުހައްމަދު (ނާއްކޮ)، މަރިޔަމް ހަލީމް އަދި މަރިޔަމް ޝަކީލާ ހިމެނެއެވެ.

މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ފިލްމް ސްޓޫޑިއޯތައް ގުޅިގެން އުފައްދާފައިވާ ފިލްމެވެ. އެގޮތުން މިފިލްމަކީ ޔޫއްޕެ ޕްރޮޑަކްޝަން، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދީފައިވާ ފިލްމެކެވެ.

ފިލްމުގެ 12 ޝޯ ދެއްކުމަށް ނިންމާފައިވާއިރު ފުރަތަމަ ފަސް ޝޯއަށް މިހާރު ވަނީ ޓިކެޓް ވިއްކާފަ އެވެ. ރޭ މާލޭގައި ފިލްމު ރިލީޒް ކުރުމަށްފަހު ހަފްތާ ބަންދުތަކާ ދިމާކޮށް ރަށްރަށުގައި އާއި ސްރީލަންކާގައިވެސް “ދެވަންސޫރަ” އަޅުވަން ހަމަޖެހިފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.