ޝަރީފު (އަލީ ޝަމީލް)ގެ ގެއަށް “ޔަސްނާ” (ޢާއިޝަތު ލަހުފާ) ގެންނަނީ ކޮން ހައިސިއްޔަތަކުންކަން ނޭނގުނަސް، މިހައިތަނަށް ދެއްކި އެޕިސޯޑްތަކުން، އެކަމުގައި ކޮންމެވެސް ކަމެއް ފޮރުވިފައިވާކަން އެނގެއެވެ. ހަމަ އެހެންމެ ޝަރީފުގެ ދަރިފުޅު ފައުޒާން (އަލީ އާޒިމް – ދޮންއައްޔަ) އާއި ޔަސްނާއާ ދެމެދު މާޒީއެއް އޮތްކަންވެސް އެނގެއެވެ.
މިހައިތަނަށް ފަސް އެޕިސޯޑް ދައްކާފައިވާ “ޔަސްނާ” ސީރީޒްގައި ފައުޒާން (އަލީ އާޒިމް – ދޮންއައްޔަ)ގެ ބީވެފައިވާ ލޯބިވެރިޔާ އަލުން ހާސިލުކުރަން ފައުޒާން ބޭނުންވެ އެވެ. ނަމަވެސް އޭރު ފައުޒާންގެ ލޯބިވެރިޔާ ހުރީ އަލުން އަނބުރާ ނާދެވޭނެ ފަދަ ހާލަތެއްގައި ކަމެއް ފައުޒާނަކަށް ނޭނގެއެވެ. އަނެއްކޮޅުން ސާނާގެ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކާއި ރަހުމަތްތެރިއެއްގެ ނުފޫޒުން ކުރިމަތިވާ ކަންތައްތަކެއް ވަނީ ފެންމަތިވާން ފަށާފަ އެވެ.
ބްލޫވޭވް އެންޓަޓެއިންމެންޓުގެ ފުރަތަމަ ވެބް ސީރީޒް “ޔަސްނާ”ގައި އިސްކޮށް ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ޢާއިޝަތު ލަހުފާ (ލަހޫ) ހިމެނެ އެވެ. މީގެ އިތުރުން ޢަލީ ޝަމީލް، މަރްޔަމް ހަލީމް، ޢަލީ ޔޫޝަޢު، ފާޠިމަތު ލަޠީފާގެ އިތުރުން އާމިނަތު ސާނާ ހިމެނެ އެވެ.
އިނގިރޭސި ސަބްޓައިޓްލް ހިމަނައިގެން ގެނެސްދޭ ވެބް ސީރީޒް “ޔަސްނާ” މިއީ އާމިނަތު ރިނާޒާ ސްކްރީންޕްލޭ ލިޔެފައިވާ ޑްރާމާ ސީރީޒެކެވެ. މި ސީރީޒް ޑައިރެކްޓްކުރީ ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ އިތުރުން އާމިނަތު ރިނާޒާ އެވެ.
“ޔަސްނާ”ގެ އައު އެޕިސޯޑެއް ކޮންމެ ހުކުރުދުވަހަކު މީޑިއާނެޓުން ދައްކާނެ އެވެ.
މީޑިއާނެޓަށް ފައިސާދެއްކުން މިހާރު މިވަނީ ވަރަށް ބޮޑަށް ފަސޭހަކޮށްދީފަ އެވެ. ޕެކޭޖްތަކަށް ފައިސާދެއްކުމަށް ދީފައިވާ ‘ކުއިކްޕޭ’ ލިންކް މެދުވެރިކޮށް ފައިސާދައްކައިލެވޭނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ