“ޕިޔާރް ކޭ ސަދަގޭ” ސީރީޒްގެ ހިތްގައިމު ވާހަކަ ލިޔުނު ޒަންޒަބީލް އާސިމް ޚާން ލިޔެފައިވާ “މޭރީ ޝެހްޒާދީ” މިމަހު 22 ވަނަ ދުވަހު ދައްކަން ފަށައިފި އެވެ. އުރްވާ ޙުސައިން ލީޑުން ފެނިގެންދާ މި ސީރީޒަކީ ޕްރިންސަސް ޑަޔާނާގެ ހަޔާތުގެ ވާހަކަތައް ދައްކުވައިދޭނެ ސީރީޒެއް ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ބުނެ އެވެ.

“މޭރީ ޝެހްޒާދީ” އަކީ ބާކީ އެންމެ އެޕިސޯޑެއް ދައްކަައި ނުނިމި އޮތް “މޭރޭ ހަމްސަފަރް”ގެ ޑައިރެކްޓަރ ޤާސިމް ޢަލީ މުރީދު، މޫމިނާ ދުރައިދް ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ ސިޔާސީ ލޯބީގެ ފިލްމެކެވެ.

ރިޕޯޓްތައް ބުނާގޮތުން މި ސީރީޒުން ލޯބި، ހިތާމައިގެ އިތުރުން ނޭވާ ހިފަހައްޓާލަން ޖެހޭފަދަ ހާދިސާތަކެއް ފެނިންގެންދާނެ އެވެ.

ދާނިޔާގެ ރޯލުން ފެނިގެންދާ އުރްވާ ހުސައިން ދައްކައިދޭނީ ލޭޑީ ޑަޔާނާގެ ހަޔާތުގައި ކުރިމަތިލާން ޖެހުނުފަދަ ހިތްދަތި އަދި ޝައުޤުވެރި ދިރިއުޅުމެކެވެ. މި ސީރީޒްގައި ސިޔާސީ ޝަޚުޞިއްޔަތު އަދި ހިތްތަކުގެ ޕްރިންސެސްއެއް ކަމަށްވާ ދާނިޔާ ފުރާފުރިހަމަވާ ފަހުން އޭނާގެ ހަޔާތަށް ކުރިމަތިވާ ހިތާމަވެރި ކަންތައްތަކެއްގެ ވާހަކަ ދައްކައިދޭނެ އެވެ.

ހަމް ޓީވީން ދައްކާ “މެރީ ޝެހްޒާދީ”ގެ ލީޑް ރޯލުން ފެނިގެންދާނީ އުރްވާ ޙުސައިން، އަލީ ރަހްމާން، ޝަބީރު ޖާން، އަދި ޣާވީ ޚާން އެވެ.

އުރުވާ ޙުސައިނަށް ފާހަގަކޮށްލެވޭ ފަދަ މަޝްހޫރުކަމެއް ލިބުނީ “ނީލީ ޒިންދާ ހޭ”، “ޕަރިޒާދު”، އަދި “އުދާރީ” ފަދަ ޑްރާމާތަކުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.