އައިފިލްމްސްގެ ‘ބިރުވެރި ވާހަކަ’އިގެ 12 ވަނަ އެޕިސޯޑު “ފޮށި” މިމަހު 30ވާ ހުކުރު ދުވަހުގެ ރޭ ދިރާގުޓީވީ އާއި ދިރާގުޕްލޭ ވީޑިއޯ-އޮން-ޑިމާންޑުން ސްޓްރީމްކުރާނެ އެވެ. މި އެޕިސޯޑުގެ ޓްރެއިލާއެއް މިމަހު 28ގައި އައިފިލްމްސް އިން ރިލީޒްކޮށްފައިވެ އެވެ.
“ފޮށި” އެޕިސޯޑުން މި ސީރީޒްގައި މައިގަނޑު ގޮތަކަށް ކިޔައިދޭ ޖިންނީންގެ ކުޅިވަރު ވަރަށް ބޮޑަށް ފެނިގެންދާނެ ކަމަށް އާއްމުކޮށްފައިވާ ޓްރެއިލާއިން ފެންނަ މަންޒަރުތަކުން ގަބޫލުކުރެވެ އެވެ.
“އެ ފޮށީގެ އުމުރު ބުނަން ވަރަށް ދަތި. އޭގެ އޮރިޖިންއަކީވެސް ރާއްޖެއެއް ނޫން. ފޮށީގަ އެވަނީ އެކި ޤައުމުތަކުން އެކި ގޮތްގޮތަށް އިންސާނުންނަށް އުނދަގޫކޮށްގެން ހައްޔަރުކުރެވިފައިވާ ޖިންނިން.” ގިނަ ތަރިންތަކެއް ފެނިގެންދާ އެޕިސޯޑުގެ ޓްރެއިލާ ފެށިގެން އަންނައިރު، މަޝްހޫރު އަދި ހުނަރުވެރި އެކްޓަރު މުޙައްމަދު މަނިކު ކިޔައިދެމުން އަންނަ އަޑު އިވެއެވެ. އޭނާ އެ ވާހަކަތައް ކިޔައިދޭން އިންނަނީ ފުލުހުންގެ ޚާއްޞަ އިންވެސްޓިގޭޝަން ޓީމަށެވެ. ޓްރެއިލާގެ އެކި މަންޒަރުތަކުން ޖިންނިން މީގައި އުޅޭ އެކިއެކި ކެރެކްޓަރތަކުގެ ގަޔަށް ވަންނަތަން ވެސް ދައްކަ އެވެ.
ދިވެހި ފިލްމު “ބަވަތި”ން ދިވެހި ފިލްމީ އުފެއްދުމަކުން ނުފެންނަ އެތައް އައު ކަންތައްތަކެއް ތަޢާރަފުކުރި ހުނަރުވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކުރާ މި ސީރީޒަކީ އާސިމް އަލީ ޕްރޮޑިއުސްކޮށް ގެނެސްދޭ ސީރީޒެކެވެ.
ސީރީޒްގައި ފެނިގެންދާ ޚާއްޞަ މޭކަޕްތަކަކީ ރުޠުބާ އަޙްމަދުގެ ހުނަރުވެރި މަސައްކަތެކެވެ. ނިމިދިޔަ ހަފުތާގައި ދެއްކި “ރަށް” އެޕިސޯޑުން ފެށިގެން ކުރިއަށް ހުރި އެޕިސޯޑުތަކުގެ ވީއެފްއެކްސްގެ މަސައްކަތްކުރަނީ ޒުވާން އާޓިސްޓެއް ކަމަށްވާ ޝަމްވީލް ޝަރީފު (ވީލް) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު