ހަނދި ބޭނުންކޮށްގެން ފާރުގައި ސިމެންތިޖަހައި، ފަތިގަނޑު އަޅައިގެން ސިމެންތި ކަހައި، އަތްފިލާ އަޅައި އޮމާންކޮށްގެން ސިމެންތިޖަހާ ޒަމާން މާޒީވެ ދާކަށް މާކަ ގިނަދުވަހެއް ނެތްކަމަށް ޔަގީންވާން ފަށައިފި އެވެ. ފާރުގައި ސިމެންތިޖަހާ މެޝިން އީޖާދުކޮށްގެން މެޝިނުން ސިމެންތިޖެހުމަކީ ބޭރުގެ ބައެއް ގައުމުތަކުގައި މިހާރު ޢާއްމުވަމުން އަންނަ ކަމެކެވެ.
ސިމެންތިޖަހާ މެޝިން ގެ މަސައްކަތް ފެނުމުން އަހަރެންގެ ހިތަށްއެރީ މިއީވާ ފައްކާ އެއްޗެއް ކަމަށެވެ. އެހެން ނުބުނެވޭ ވަރެއްވެސް ނޫނެވެ.
ސިމެންތިޖަހަން ބޭނުންވާ ފާރު ކައިރީގައި މެޝިންގެ ބައިތައް އަތުރާލައި އޮލަކޮށް ގަށާފައި ހުންނަ ސިމެންތި ބަރޮލެއް މެޝިނަށް އޮއްސާލައެވެ. އެއަށްފަހު ސްވިޗެއް ޖައްސައި މެޝިން ހިންގައިލުމާއެކު ފާރުގެ ތިރިން މައްޗަށް ސިމެންތި ތަތްކޮށްލައެވެ. މެޝިނުގެ ސިމެންތިޖަހާ ބައި ފާރުގެ މަތިން ތިރިއަށް އަންނައިރު ހުންނަނީ އޮމާންކޮށް ސިމެންތި ޖެހިފައެވެ.
‘ވޯލް ޕްލާސްޓަރިން މެޝިން’ ގެ ތަފާތު މޮޑެލްތައް މިހާރު ބޭރުގެ ބާޒާރުތަކުން ގަންނަން ލިބެން އެބަހުއްޓެވެ. ހަމަ އެހެންމެ އޮންލައިން ބާޒާރު، އީބޭ އާއި އަލިއެކްޕްރެސް އިންވެސް ގަންނަން ލިބެން އެބަހުއްޓެވެ. މެޝިނެއްގެ އަގު އުޅެނީ 3888 އެމެރިކާ ޑޮލަރާއި 4500 ޑޮލަރާއި ދެމެދުގަ އެވެ.
މެޝިނެއްގެ އަގަށް ބަލާއިރު އިމާރާތް ކުރުމުގެ މަސައްކަތްކުރާ ގްރޫޕަކަށް މިފަދަ މެޝިނެއް ގެނެސްގެން ފައިދާއެއް ލިބިދާނެ އެވެ.

ސިމެންތިޖަހާ މެޝިނުން ފާރެއްގައި ސިމެންތިޖަހަމުން ދަނީ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު