ދިވެހި އޯޓީޓީ ޕްލެޓްފޯމުތަކުން ދައްކަމުން އަންނަ ސީރީޒްތަކުން މިވަގުތު ބެލުންތެރިންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ ސީރީޒް “ބިރުވެރި ވާހަކަ”އިގެ ހަތަރުވަނަ މައި މެއިން ޓްރެލަރ އައިފިލްމްސް އިން ރިލީޒްކޮށްފި އެވެ. މި ޓްރެއިލަރުން ސީރީޒްގެ ހުރިހައި އެޕިސޯޑްތަކެއްގެ ވާހަކަތަކަށް އަލިއަޅުވައިލާފައިވާއިރު، ގިނަ ކަންތައްތަކެއް ޓްރެއިލަރުން ފެނިގެންދެ އެވެ.
“ފުރަތަމަ ކޭސް، އަޔާންގެ ކޭސް،. ދެން ނަޝީދުގެ ދެވަނަ އަތްނބާ އޭނަގެ ހަގު ދަރި މަރާލީ. ދެން ނިޔާޒަށް މިނި ކާންދޭން މަޖުބޫރުކުރުވީ. އައްޔައަށް މާސްކް ދީގެން އައްޔަގެ އަމިއްލަ މަންމަ އަމިއްލަ އަތުން މަރާލީ. ސަބާ އާ އަޒާން އަށް މީހުން މަދު ރަށަކަށް ގެންގޮސް ސަބާ ވެސް ގެއްލުވާލީ. ރޮކީ މެންނަށް ކަނޑުވެން ދެއްކީވެސް ހަމަ އޭނަތަ؟ ތިހެން ވެއްޖެއްޔާމުން ލީޝް އެރަށަށް ފޮނުވީ؟….. އަސްލަމުއާ ޒިޔާނާ އާ އަތޫފް އާ އެމީހުނާ އޮތީ ކޮން ގުޅުމެއް؟” އޯފް ސްކްރީނުގައި ފުލުހުންގެ ޚާއްޞަ ޓީމުގެ އަންހެން މެންބަރެއް ބުނާ އަޑު އިވެއެވެ.
“އަދިވެސް ދާވޫދު އެއީ ކާކު ކަމެއް، މިތަނަށް ކިހިނެއް އައި މީހެއް ކަމެއް ނޭނގޭ! ފުލުހުންގެ ޓީމު ލީޑްކުރާ ޒާހިރު (ސައީދު) ހިތްހަމުނުޖެހި އިނދެ ބުނާތަން ފެނެއެވެ.
“ދާވޫދަކީ ކޮއްކޮ!” ޔުނިޓަށް ހާޒިރުކޮށްފައި އިންނަ ނިޔާޒް ބުނެލައެވެ.
ހަމައެކަނި ދިރާގު ޓީވީން ދައްކާ “ބިރުވެރި ވާހަކަ” ސީރީޒް ޕްރޮޑިއުސްކުރީ އާސިމް ޢަލީ އެވެ. ލިޔެ ޑައިރެކްޓްކުރަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ.
އިލްޔާސް ވަހީދު އަދި މުޙައްމަދު ޢަބްދުލް ޣަނީ (ޑުމޯރ) އެޑިޓްކޮށްފައިވާ މި އެޕިސޯޑުތަކުގެ ޕޯސްޓް ޕްރޮޑަކްޝަން ހެދީ މުޙައްމަދު ޢަބްދުލް ޣަނީ (ޑުމޯރ) އަދި އޯކޭޒް ސްޓޫޑިއޯއިން ނެވެ. ވިޝުއަލްސް ހެދީ އޯކޭޒްގެ ސާމީ އަދި ޝަންވީލް ޝަރީފް (ވީލް) އެވެ. ކެމެރާކުރީ އިސްމާޢީލް މުނައްވަރު (މުނޯ) އެވެ. މިއުޒިކްހެދީ ޙުސައިން ތަޢުފީޤް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު