”ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑު ވައިވްސް” އިން ފެނިގެން ދިޔަ ނީލަމް، މަހީޕް ކަޕޫރް، ބަވާނާ ޕާންޑޭ އަދި ސީމާ ސަޖްދޭ ރާއްޖޭގެ ޖުމެއިރާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.

ނީލަމްއާއި އޭނާގެ ތިން ރަހުމަތްތެރިން ރާއްޖޭގައި އުފާވެރި ވަގުތުތަކެއް ހިއްސާ ކުރަމުންދާއިރު އިންސްޓަގުރާމުގައި ވެސް ދަނީ އެމީހުންގެ ޗުއްޓީގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

“އަހަރުމެންދުނިޔޭގެ ކޮންމެ ތަނަކަށް ދިޔަ ކަމުގައި ވި ނަމަވެސް ވަރަށް މަޖާނަގާނަން.” ނީލަމް އޭނާގެ ރައްޓެހިންނާ އެކުގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގުރާމުގައި ހިއްސާކުރަމުން ބުނެފައިވެ އެވެ. އެމީހުން މޭކަޕް ނުކޮށް ތިބެ ނަގާފައިވާ ފޮޓޯތަކަށް ފޭނުން ކޮމެންޓްކުރަމުން ބުނެފައިވަނީ ނީލަމްއާއި އޭނާގެ ރައްޓެހިން އެކުގައި އުޅޭއިރު މޭކަޕް ނުކޮށް ތިއްބަސް ވަރަށް ހިތްގައިމު ކަމަށެވެ.

https://www.instagram.com/reel/CjmbvCSoj7O/?utm_source=ig_web_copy_link

ރާއްޖޭގެ މޫދުގެ ހިތްގައިމުކަން ދައްކުވައިދޭ ގޮތަށް ނީލަމް އެކަނި ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް ބުނެފައިވަނީ އެއީ ވަރަށް ހިތްގައިމު ފޮޓޯ ޝޫޓެއް ކަމަށެވެ. އެކަމަށްޓަކައި ޖުމެއިރާ މޯލްޑިވްސް ރިސޯޓުގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައިވެއެވެ. މީގެއިތުރުން ސީމާ ސަޖުދޭއާއި ބާވްނާ ޕާންޑޭ ވެސް ވަނީ އެމީހުންގެ އިންސްޓަގުރާމު އެކައުންޓުގައި މި ދަތުރުގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ.

ނީލަމް، މަހީޕް ކަޕޫރް، ބަވާނާ ޕާންޑޭ އަދި ސީމާ ސަޖްދޭ އެކުގައި ފެނިގެންދާ ”ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް” ގެ ދެ ސީޒަނެއް ވަނީ ނެޓްފްލިކްސް އިން ދައްކާފައެވެ

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.