ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދިނުމަށް މިމަހު 20ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ޖަލްސާއަކީ މުނިއަވަސްފިލުވައިދިނުމުގެ ގޮތުންވެސް ފާހަގަކޮށްލެވުނު ހަފުލާއެކެވެ. ޑީ ޓިއުން ބޭންޑަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިގެންދިޔަ މި ޖަލްސާގެ ރަހަ ބަދަަލުކޮށްލައި ކުޑަކޮށް ނަމަވެސް ނިދިޖެހިފައި ތިބި ޖަލީސުން ހޭލައްވައިލާ މޫނުމައްޗަށް ހިނިތުންވުން ގެނުވައި ހެއްވައިލީ ޜާއްޖޭގެ މަޝްހޫރު ކޮމީޑިއަން އެކްޓަރ އަޙްމަދު ޝާޒް (ތަޖޫބެ)ގެ ވަރަށް ޚާއްޞަ އުފެއްދުމަކުންނެވެ.
ތާޖުއްދީން ސްކޫލްގެ 45 ދަރިވަރުން ހުށައަޅައިދިން “އަތްތަކުން” މިއުޒިކަލް ޑްރާމާއަކީ ހުރިހައި ރަހައެއް ހެޔޮވަރުކޮށް ތައްޔާރުކޮށްފައިވާ ފެންވަރު ރަނގަޅު ސްޓޭޑް ތަމްސީލެއްކަން ފާހަގަކޮށްލެވެ. ޝާޒްގެ ކޮމެޑީ ސްޓައިލް ހިމަނާފައިވާ މި ތަމްސީލުން ދިވެހި ސަގާފަތާއި އާދަކާދަ، ޤައުމީ ތަރައްޤީގެ ދުވެލި ދައްކައިދިނީ ދިވެހި ޅެންވެރިކަމުގެ ‘ބޮކިފުރާޅުއަލިން’ އަލިކޮށްދެމުންނެވެ.
ތާޖުއްދީން ސްކޫލުގެ ހުނަރުވެރި ދަރިވަރުން ގެނެސްދިން ތަމްސީލުގައި ދައްކުވައިދީފައި ވަނީ މުޅި ޤައުމު ފަޚުރުވެރިވާ ޚިދުމަތްތެރީންގެ ވާހަކަ އެވެ. އެ ޚިދުމަތްތެރިންގެ އަގުބޮޑު ވާހަކައެވެ.
“އަތްތަކުން” ލިޔެ ތައްޔާރުކުރި އަޙްމަދު ޝާޒް މުނިއަވަސްއަށް ބުނީ މިއީ ދުވަސްތަކަކަށް ފަހު މިފަދަ ފުރިހަމަ ގޮތެއްގައި ތައްޔާރުކޮށް ގެނެސްދެވުނު ފުރިހަމަ ޑްރާމާއެއް ކަމަށެވެ.
ޝާޒްގެ މި މަސައްކަތާމެދު ތާޖުއްދީން ސްކޫލް ފަރާތުން މި އައިޓަމްގެ ކަންތައްތަކުގައި ހަރަކާތްތެރިވެލެއްވި މުދައްރިސް ޔާމީން އާ މުނިއަވަސް އިން ވާހަކަދައްކައިލީމެވެ.
“އެންމެ ފުރަތަމަ އަޅުގަނޑުމެން ޝާޒް ހަޔަރ ކުރީއްސުރެ އަޅުގަނޑުމެންނަށް މިކަންތައް ކޮށްދެއްވުމުގަ ޝާޒްގެ މަސައްކަތާމެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ. ބަރާބަރަށް ވަގުތަށް ދުރުވެ އައިޓަމްގެ ކޮލިޓީ ހިފެހެއްޓުމުގަ ޝާޒް ވަރަށް ފުރިހަމައަށް މަސައްކަތްކޮށްދެއްވި. އަދި ކުދިންގެ ލެވަލްގަ ފީޑްބެކްދީ ކުދިން ރަނގަޅުކުރަންވީ ތަންތަން ވަރަށް ކައިރިން ކިޔައިދެއްވި. ވަރަށް ލޯބިން ކުދިންނަށް ނަސޭހަތްދީ ބައެއް ކަހަލަ ކުދިކުދި އެކްސަސައިޒްތައް ކުދިންނަށް ކިޔައިދެއްވުމުގެ ސަބަބުން ކުދިންނަށް ވަރަށް ބޮޑަށް އެކަމުގެ (ޑްރާމާގެ) ތެރެއަށް ވަދެވި ވަރަށް ފަސޭހައިން ކުދިންނަށް ޑްރާމާގެ ކޮންސެޕްޓް ނަގައިގަނެވުނު. ޝާޒްގެ މަސައްކަތާމެދު ވަރަށް އުފާވޭ. ޝާޒް ވަރަށް ފުރިހަމައަށް މަސައްކަތްކޮށްދެއްވީ.”
[robo-gallery id=”43371″]
ޖަލްސާ ވީޑިއޯގެ 45ވަނަ މިނެޓާއިން ހިސާބުން “އަތްތަކުން” ތަމްސީލު ފެންނާނެ އެވެ.
ވީޑިއޯ: ވީ މީޑިއާ ފޭސްބްކް
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
އެދުރުދައިތަ ވަރެއް ހަމަނެތް 😍
Kudhinge hunaru varah rangalah fenun . Edhurudhaitha v v Loabi 😍