‘ހިފާ ބަލަ!’ ފަސްކުދިންގެ މަންމަ، އޭނާގެ ފިރިމީހާއަށް ހަޅޭއްލަވައިގަންނަމުން އެ އެދުނީ އެމީހުންގެ ހަވަނަ ދަރިފުޅު ގެ ގައިގައި ހިފުމަށެވެ. ހޮސްޕިޓަލުގެ ކޮރިޑޯ ތަޅުންމައްޗަށް އޭނާގެ ހަވަނަ ދަރިފުޅު ވިހެއުމާއި އެކުގައެވެ.
އެމެރިކާގެ ކެންސަސްގެ ރައިލޭ އަށް ނިސްބަތްވާ ޖެސިކާ ހޯގަން އަށް މިދިޔަ އަހަރު ޖުލައި މަހު ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅު އުފަންވި ވަގުތު މަރުހަބާ ކިއީ ވަރަށް ތަމްސީލީ ގޮތެއްގައެވެ. ހޮސްޕިޓަލެއްގެ ކޮރިޑޯ ތެރޭގަ އެވެ.
މެންހަޓަން، ކެންސަސް ގައި ހުންނަ ‘ވިއާ ކްރިސްޓީ ހޮސްޕިޓަލް’ ކޮރިޑޯ ތެރޭގައި ޖެސިކާ ވިހޭއިރު ކަން ހިނގިގޮތް ޓޭމީ ކެރިން ވަނީ ފޮޓޯ ނަގާފައެވެ.
ބަނޑުގައި ރިއްސާތާ އެތައް ދުވަހެއް ވީއިރުވެސް ނުވިހި ގިނަވަގުތުތަކެއް ހޭދަވުމުން، ޖެސިކާ އަށް ވިހޭނީ ވަރަށް ކުއްލި ގޮތަކަށް ކަމަށް އޭނާ އަބަދުވެސް ހިތަށް އަރަމުން ދިޔައެވެ. ކަން ވީވެސް އެހެންނެވެ.
ފޮޓޯ ނަގައި އާއްމުކުރި ޓޭމީ ގެ ވެބްސައިޓްގައި ވާހަކަދައްކަމުން ޖެސިކާ ބުނީ: “މަށަށް ހީކުރެވުނު ގޮތް ހަގީގަތަށްވި، އެރޭ އަހަރެން ހިތަށް އަރަމުންދިޔަ އެފަދަ ގޮތަކަށް އެކަން ވެދާނެ ކަމަށް. އެކަމަކުވެސް އަހަރެން ނިންމީ އިރުކޮޅެއްވާންދެން ނިދާލަން، އަހަރެންގެ ހިތަށް ވިސްނައިދިނިން ވިހެއުމުގެ ވަގުތު އައިސް ޖެހުނީމަ އެނގޭނެޔޭ.”
ނަމަވެެސް ޖެސިކާގެ ބަނޑަށް އެންމެ ފަހުގެ ވޭންގަނޑު އެރުމާއިއެކު ބޫޓަކަށް އަރަންވެސް އޭނާއަށް ވަގުތު ނުލިބި ފިރިމީހާ ޓްރޭވިސް އާއި އެކުގައި އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލަށް ގޮސް ވަދެވުމާއިއެކު އޭނާގެ ރަހިމުން ދަރިފުޅު ބޭރަށް ނިކުންނަމުން އަންނަކަމުގެ އިހްސާސް ކުރެވޭކަމަށް ޖެސިކާ ފިރިމީހާ ކައިރީ ބުންޏެވެ.
“އަހަރެން ފިރިމީހާ ކައިރީގަ ބުނިން ބޭބީ ހަމަ އެ ނިކުންނަނީއޭ،” ހާދިސާ ކިޔައިދެމުން ޖެސިކާ ބުންޏެވެ. “އަހަރެން ބުނިން ބޭބީ ނިކުންތައް ތައްޔާރަށްށޭ އޮތީ. އޭރު އަހަންނަށް ކުރެވުނު އިހްސާސްގެ ސަބަބުން ގުޑިލުންވެސް އެއީ ކުރެވޭ ވަރުގެ ކަމަކަށް ނުވި.”
ބަނޑަށް ގަދަ ވޭންވަރު އަރަމުން ދަނިކޮށްވެސް ޓްރޭވިސް ގެ އެހީއާއިއެކު ހޮސްޕިޓަލުގެ އިމަޖެންސީ ރޫމާއި ހަމައަށް ވަދެވޭގޮތްވި އެވެ. ނަމަވެސް އިމަޖެންސީ ކޮޓަރީގެ ކޮރިޑޯ އާއި ހަމައިން ޖެސިކާ އަށް ވިހިއްޖެ އެވެ.
“ކޮރިޑޯ ތެރެއިން އަހަރެން ހަރުވާޅު ބާލަން ފަށައިފިން، އަހަންނަށް އިހްސާސް ވަމުންދިޔަ ދަރިފުޅުގެ ބޯ ނިކުތްކަމުގެ. އަހަރެން ގުދުވެފަ ބަލައިލިއިރު ފެންނަން އޮތް. އަހަރެން ފިރިމީހާއަށް ބުނިން ‘ޓްރެވިސް އޭ އެސޮރު ހިފައްޗޭ. އެއްވެސް ފަސްޖެހުމެއް ނެތި ޓްރެވިސް އެކަން ކުރި. އޭރު އަހަރެންގެ އެއްވެސް ބާރެއް ނެތި ހަށިގަނޑުން ލަމުންދިޔަ ބާރެއްގެ އެހީގައި ބޭބީގެ ހަށިގަނޑުން ބޮޑުބައެއް ވެސް ނިކުމެއްޖެ.”
ކުއްލި ގޮތަކަށް ކުއްޖާ އުފަންވި ވަގުތު ހޮސްޕިޓަލުގެ ނަރުހުންތައް ވަރަށް އަވަހަށް އެމީހުން ކައިރިއަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފެށި އެވެ. ތަޅުންމަތީގައި ރީތިކޮށް ޖެސިކާ ބޭއްވި އެވެ. ޖެސިކާ އަށް ހަމަޖެހިލެވުނީ އެހިސާބުންނެވެ.
“ނަރުހުން އައިސް ބުނިގޮތަށް އަހަރެން ހަމަ އެންމެ ފަހަރަކު ފިލިލުމާއިއެކު ދަރިފުޅު އެއްކޮށް ނިކުމެއްޖެ ކަމުގެ އިހްސާސް އަހަންނަށް ކުރެވުނު. ދަރިފުޅު އުފަންވީ ފެންދުލި ފަޅައިގެންދިޔަތާ 25 މިނެޓްވެސް ނުވަންދެން، ހޮސްޕިޓަލަށް އައިސް ހަމަ ވަނުމާއެކުހެން.”
ޖެސިކާ ބުނީ އެހާ ކުއްލިއަކަށް ވިހެއުމުން ދަރިފުޅުގެ ގައިގެ ބައެއް ތަންތަނުގައި ވަރަށް ބޮޑަށް ނޫފައިގެންފައި ހުރުން ފިޔަވައި ދަރިފުޅު މެކްސް ގެ ހާލު ރަނގަޅުކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި