ޕާކިސްތާން ޑްރާމާ ސިލްސިލާ “ފަރަޤް” ދައްކަން ފަށައިފިއެވެ.
ފައިސަލް ޤުރޭޝީ، ސެހެރް ޚާން އަދި އަދީލް ޗޯދަރީ އިސް ރޯލުތަކުން ފެނިގެންދާ “ފަރަޤް” ގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ޖަވޭރިއާ އައްބާސީ، ރައީދު އަލަމް، ސަބާ ޝާހް، އާދީ ޚާން، މެހްމޫދު އަސްލަމް އަދި ސަބީހާ ހަޝްމީ ހިމެނެއެވެ.
“ފަރަޤް” ގައި ކިޔައިދޭނީ ފަޤީރު ކާރު ޑްރައިވަރެއްގެ ޒުވާން އަންހެން ދަރިއަކާއި އޭނާއަށްވުރެ އެތައް ތަނެއް ދޮށީ މުއްސަނދި ފިރިހެނަކާއި ކުރާ ކައިވެންޏަށްފަހު ކަންތައްތައް ވެގެންދާ ގޮތެވެ. އަދި މި ޑްރާމާގައި ލޯތްބާއި އޯގާތެރިކަމާއި ބޭވަފާތެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭނެކަމަށް ވެއެވެ.
ޢަބްދުﷲ ކަދްވާނީ އާއި އަސަދު ޤުރޭޝީގެ ސެވެންތު ސްކައި އެންޓްޓެއިންމެންޓް ކުޑައިގެ ދަށުން ގެނެސްދޭ “ފަރަޤް” އަކީ “ކަޝްފު (2020)” އަދި “ވެހެމް (2022)” ފަދަ ޑްރާމާތައް ލިޔެދިން އިމްރާން ނަޒީރް ލިޔެދީފައިވާ ޑްރާމާއެކެވެ. ޑައިރެކްޓްކުރީ “ނަމް (2013)”، “ސުނޯ ޗަންދާ (2018)”، “ޔޭ ދިލް މެރާ (2019)”، “ސުނޯ ޗަންދާ 2 (2019)” އަދި “އޭ މުޝްތީ ޚާކް (2020)” ފަދަ ހިތްގައިމު ޑްރާމާތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރ އަހްސަން ތަލީޝްއެވެ.
31 އޮކްޓޫބަރު ވީ ހޯމަ ދުވަހުގެ ރޭގައި ޖީއޯ ޓީވީއިން “ފަރަޤް” ދައްކަން ފެށިއިރު، ޑްރާމާގެ އާ އެޕިސޯޑްތައް ދައްކަން ހަމަޖައްސާފައިވަނީ ކޮންމެ ހޯމަ އަދި އަންގާރަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ. މީގެ އިތުރުން ޖީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ހަރްޕަލް ޖީއޯއިންވެސް ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!