ސްޓާރ ޕްލްސްގެ މަޝްހޫރު ޑްރާމާ ސިލްސިލާ ސާތުނިބާނާ ސާތިޔާ އިން އާއްމުންގެ ބޮޑު މަޤުބޫލުކަމެއް ހޯދި ރުޗާ ހަސަބްނިސްއަށް ދެވަނަ ދަރިއަކު ލިބެއްޖެއެވެ. އެކަން އޭނާ ވަނީ އިއުލާންކޮށްފައެވެ. ސާތުނިބާނާ ސާތިޔާގައި ރުޗާ އަދާކުރި ރާޝީގެ ރޯލަކީ އޭނާގެ ކެރިއަރުގެ ފުރަތަމަ ފެށުމެވެ. އަދި އެ ކެރެޓަރ ވެގެންދިޔައީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ރޯލަކަށެވެ.

ރުޗާ އޭނާގެ ކެރިއަރ ހުއްޓާލާފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔަކާ ކައިވެނިކުރުމަށް ފަހުގައެވެ. ރުޗާ ކައިވެނިކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ކުރިން ރުޗާ ކުޅެމުންދިޔަ ޓީވީ ޝޯއިން ގެއްލުވާލާ އޭނާ އެ ޑްރާމާގައި ކުޅެމުންދިޔާ ކެރެކްޓަރަށް ނިމުންގެނެސްފަ އެވެ.

ރުޗާ ދަނީ ސޯޝަލް މީޑިއާގައިވެސް ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ. އެގޮތުން 2019 ގެ ކޮވިޑްގެ ދުވަސްވަރު ފުރަތަމަ ފަހަށް ރުޗާ އަށް ދަރިއަކު ލިބުނުކަން ހާމަކޮށްފައިވަނީވެސް ސޯޝަލް މީޑިއާގައެވެ.

ރުޗާއަށް ދެވަނަ ދަރިއަކު ލިބުމާއިގުޅިގެން ގިނަ ބަޔަކުދަނީ މަރުޙަބާކިޔާމުންނެވެ. އެގޮތުން އޭރު އޭނާއާއި އެކު ސާތުނިބާނާ ސާތިޔާގައި ހަރަކާތްރެރިވި ތަރިންނާއި ގާތް އެކުވެރިން ދަނީ އޭނާ އަށް މަރުހަބާކިޔަމުންނެވެ. ރާޝީގެ ރޯލުން ރުޗާ ފެނިފައިވަނީ 2010-2014 އަށެވެ. އޭގެ ފަހުންވެސް ދުވަސްތަކަކަށް ފަހު ސޯޝަލް މީޑިއާގައި ވައިރަލްވީ “ރާޝީ ރަސޯޑޭމޭ ކޯންތާ”ވީޑިއޯ ގެ ދުވަސްވަރު ރުޗާ ވަނީ ވަރަށް ޙާއްސަ އިންޓަވިއުއެއްވެސް ދީފައެވެ. މި އިންޓަވިއުގައި އޭނާ ބުނެފައިވަނީ އޭނަ އަނބުރާ ޓީވީއަށް އަންނަން ބޭނުންވާކަމަށާއި ރަނގަޅު ހުށަހެޅުމެއްގެ އިންތިޒާރުގައި ހުރި ކަމަށެވެ.

ފަހުން ބެލުތެރިން އެދިގެން “ސާތުނިބާނާ ސާތިޔާ”ގެ 2ވަނަ ސީޒަނެއް ގެނެސްދޭން އުޅޭކަމަށް ޕްރޮޑިއުސަރ ހާމަކުރިއިރު ވައިރަލްވި ޕްރޮމޯތަކުގައި ރުޗާ ހިމަނާ އޭނާ ނަގާނެ ކަމަށް ބުނިނަމަވެސް އެޝޯގެ 2ވަނަ ސީސަންގައި ރުޗާ ކާސްޓްކޮށްފައެއް ނުވެއެވެ. ސާތުނިބާނާ ސާތިޔާގެ 2ވަނަ ސީޒަނަކީ ބެލުންތެރިން އެހާ ގަޔާވި ސީޒަނަކަށްނުވިއެވެ. ޓީއާރްޕީގެ އެއްވެސް ރޭންކަކުންޖާގަ ނުލިބި ޝޯވަނީ ނިންމާލަންޖެހިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު މަފާޒް