‘ކޮމްބޫޗާ’ އަކީ ކޮންއެއްޗެއްކަން އެނގޭ ހެއްޔެވެ؟ ދުވަހަކުވެސް ކޮމްބޫޗާގެ ރަހަ ބެލިން ހެއްޔެވެ؟

ކޮމްބޫޗާ އަކީ އާދައިގެ ކަޅު ސައިފަތް ނުވަތަ ފެހި ސައިފަތާއި ބެކްޓީރިއަލް ކަލްޗާ އެއް ބޭނުން ކޮށްގެން ފާމެންޓޭޝަން ޕްރޮސެސް ގެ އެހީގައި ތައްޔާރުކުރާ ސައިފަތުގެ ފިޒީ ޕްރޯބަޔޮޓިކް-ރިޗް ޑްރިންކެކެވެ. ޕްރޯބަޔޯޓިކް އެންޒައިމް އަކީ ފާމެންޓޭޝަން ޕްރޮސެސް އިން ބާކީވާ އެއްޗަކަށް (ޕްރޮޑަކްޓަކަށް) ކިޔާ ނަމެކެވެ. މިއީ ހަޖަމުކުރުމުގެ މަސައްކަތް ރަނގަޅުކޮށްދޭ އެއްޗެކެވެ.

ކޮމްބޫޗާ ހޯދާނީ ކިހިނެތް؟

– ކޮމްބޫޗާ އަކީ ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ބައެއް ބޭސްފިހާރަތަކުން ލިބެން ހުން އެއްޗެކެވެ.

– ކޮމްބޫޗާ އަކީ ވަރަށް ފަސޭހައިން ގޭގައި ތައްޔާރުކޮށްލެވިދާނެ ވެސް އެއްޗެކެވެ.

ކޮމްބޫޗާ އިން ލިބެނީ ކޮން ފައިދާ ތަކެއް؟

ކޮމްބޫޗާ އިން ލިއްބައިދޭ ހަތް ފައިދާ

– ކޮމްބޫޗާ ގައި އެކުލެވޭ ގުލޫކާރިކް އެސިޑަކީ ކެންސަރާއި ދެކޮޅަށް މަސައްކަތް ކޮށްދޭ އެއްޗެކެވެ.

– ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދެ އެވެ. މިކަން ކޮށްދެނީ ކޮމްބޫޗާ ގައި އެކުލެވޭ އެންޓި އޮކްސިޑެންޓްސް ގެ އެހީގަ އެވެ.

– ކޮމްބޫޗާގައި ހުންނަ އެސިޓިކް އެސިޑް ޕޮލިފިނޯލްސް އަކީ ހަށިގަނޑު ގެ ބަރުދަން ލުއިކޮށްދޭ މާއްދާ އެކެވެ.

– ހުޅުހުޅުގައި ރިއްސުމަށް ލުޔެއް ލިއްބައިދީ ރާއްޖެބަލީގެ (އާތުރައިޓިސްގެ) އުނދަގޫ ކުޑަކޮށްދެނީ މީގައި ހުން ގުލޫކޯސްއެމައިން ގެ ސަބަބުން ނެވެ.

– ގްލޫކޯނިކް އެސިޑާއި ޕްރޯބަޔޯޓިކަކީ ހަށިގަނޑު ޑީޓޮކްސިފައި ކޮށްދޭ އެއްޗެކެވެ.

– ހަކަތަ ބޫސްޓް ކޮށްދެ އެވެ. މިކަން ކޮށްދެނީ ކޮމްބޫޗާގައި އެކުލެވޭ އެންޒައިމް އާއި ބީ ވިޓަމިންގެ މާއްދާތަކުން ނެވެ.

– ޕްރޯބަޔޯޓިކްސް އަކީ ހަޖަމު ކުރުމުގެ ނިޒާމްގެ މަސައްކަތްތައް ރަނގަޅު ކޮށްދޭ އެއްޗެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.