ބޯވަދިލަމަސް ނުވަތަ ‘ކަޓްލްފިޝް’އާ ބެހޭ ޝައުޤުވެރި ހޯދުމެއް ސައިންސްވެރިންނަށް ހޯދިއްޖެ އެވެ. ބޯވަދިލަމަަސް ބޭނުންކޮށް ސައިންްސްވެރިން ހެދި ޓެސްޓަކީ “މާޝްމެލޯ ޓެސްޓް” ކަމަށް އާއްމުކޮށްފައިވާ ދިރާސާގައި ބުނެފައިވެ އެވެ. ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ޓެސްޓުން ދައްކާފައިވާ ގޮތުގައި ބޯވަދިލަމަހަށް ވެސް އޭގެ އަމިއްލަ ނަފުސު ކޮންޓްރޯލުކޮށްލައިގެން މަދު ސިކުންތުކޮޅަކަށް ތިބުމުގެ ޤާބިލުކަން ލިބިފައިވެއެވެ. އަދި ބައެއް އެހެން މަޚުލޫޤުން އޭގެ އަމިއްލަ ނަފުސު ކޮންޓްރޯލްކޮށްގެން އެތަކެއް މިނެޓެއް ވާންދެން ތިބެވޭކަން ފާހަގަކޮށްފައިވެ އެވެ.

ކޮގްނިޓިވް ޓާސްކްތަކުގައި (އުނގެނުމުގެ ކަންކަމުގައި) އިންސާނުން ނޫން މަޚުލޫގުން މާ ބޮޑަށް ކުރިއަރާފައިވާ ކަމަށް މި އައު ހޯދުމުގެ އަލީގައި އެނގިގެން ދިޔަކަމަށް ދިރާސާވެރިން ފާހަގަކުރެ އެވެ.

ދަސްކުރުމާއި ކަންކަމަށް ހޭނުމުގެ ޤާބިލުކަމަކީ ބޯވަދިލަމަސް އުޅޭ ނުރައްކާތެރި މާހައުލުގައި ދިރިހުރުމަށް އެހީތެރިވެދޭ އެއްޗެއްގެ ބައެއް ކަމަށް ވެދާނެއެވެ. މި މާޝްމަލޯ ޓެސްޓުގައި ކަކުނި އާއިލާގެމަސް ބަހައްޓާފައިހުރި ކުޑަ ސަރަހައްދަކަށް ބޯވަދިލަމަހެއް ލާފައި ހުރިތަން ފެނެއެވެ. މި ޓެސްޓުން އެނގުނު މައިގަނޑު އެއް ކަމަކީ ރޭގަނޑުގެ ކެއުމަށް ތަންކޮޅެއް ރަނގަޅު ގޮތެއް އޮތްކަން ބޯވަދިލަމަހަށް އެނގިފައި އޮތުމުން، ކުރިމަތިން ފެންނަން އޮތް ކަކުނި ކައިނުލާ ހުރެވޭ ކަމެކެވެ.

މީގެ ކުރިން ސައިންސްވެރިން ވަނީ ބޯވަދިލަމަހަށް ފިލްމު ދައްކައިގެން، އެސޮރުމެންގެ އަމަލުތަކަށް އަންނަ ބަދަލުތައްވެސް ދިރާސާކޮށްފައެވެ.

ޖީން ޕިއާޖޭ ތަޢާރަފްކުރައްވާފައިވާ ‘ކޮގްނިޓިވް ލާރނިންގ ތިއަރީ’ އަކީ އުނގަންނައިދިނުމުގައި ބޭނުން ކުރެވިދާނެ މުހިންމު ތިޔަރީއެކެވެ. މި ތިޔަރީ އެންމެ ބޮޑަށް ބަރޯސާވަނީ ދަރިވަރުގެ ވިސްނުމަށެވެ. މި ތިޔަރީގައި އުނގެނުމުގެ މަފްހޫމް  މާނަކޮށްފައިވަނީ، ކުއްޖާ މާހައުލަށް ހޭނުމަށްޓަކައި ކުރާ ތަޖުރިބާތަކުގެ ތެރެއިން ސިކުނޑީގެ މަސައްކަތްތަކަށް ފިތުރީގޮތުން އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުމަށެވެ. މިތިއަރީގެ އެއް ވިސްނުމަކީ، ދަރިވަރަށް އުނގެނުމަށް ބާރުއެޅުމުގައި، އަބަދުވެސް ކުރިން އުނގެނި، ދަސްކޮށްފައިވާ، ނުވަތަ އެނގޭ މަޢުލޫމާތަކާ ނުވަތަ ކޮށްފައިވާ ތަޖުރިބާއަކާ ގުޅުވައިލައިގެން ކިޔަވައިދިނުމެވެ. މީގެ ނަތީޖާއަކީ ފިލާވަޅަށް ދަރިވަރުންގެ ސަމާލުކަން ދެމެހެއްޓުމުގެ ބާރަކަށް މިކަންވެ، އުނގެނުމަކީ މާނަހުރިއެއްޗެއްގެ ގޮތުގައި ބެލެވޭތަން އައުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.