“މިވަރުގެ ސަސްޕެންސް ތްރިއްލާ ދިވެހި ފިލްމެއް އަދި ނުބަލަން.”

“ވަރަށް ސަޅި، ވަރަށް މޮޅު! ޔޫއްޕެ ހަމަ ބެސްޓް. ސްޓޯރީ، ޑައިރެކްޝަންވެސް ހަމަ ހަބޭސް.”

ދެވަންސޫރަ ބެލި ކޮންމެ މީހެއްގެވެސް ޝުޢޫރުތައް ހުރީ މިފަދަ ގޮތަކަށެވެ. އެހެން ބުނަނީ ބުނަން ޖެހޭވަރު ވާތީ އެވެ. ހަމަ ހަގީގަތުގައި ވެސް މިއީ ވަރަށް މޮޅު ފިލްމެކެވެ.

ދެވަންސޫރަ ބަލައިލަން ބޭނުންވާ ކުޅުދުއްފުށީ މީހުންނަށް ޔޫއްޕެ މި ވަނީ މި ފިލްމު ވަރަށް ޚާއްސަ ކޮށްފަ އެވެ. އެރަށަށް ފިލްމު އަޅުވަން ދަނީ ޔޫއްޕެ އެވެ. ހުސްއަތަކާވެސް ނޫނެވެ. ވަރަށް ޚާއްސަ، ބޮޑު ސަޕްރައިޒެއް ހިފައިން ދިއުމަށް ޔޫއްޕެ ހުރީ ތައްޔާރަށެވެ.

މި މަހު 15 އަދި 16 ވަނަ ދުވަހުު ކުޅުދުއްފުށީގައި ފިލްމު އެޅުވުމަށް ވަނީ މިހާރު ހަމަޖެހިފައެވެ. ސަޕްރައިޒެއް ހުފައިގެން ދާތީ އިތުރު މަޢުލޫމާތެއް ދެވެން ނެތަސް ދެވަންސޫރަގެ ޓީމުން ބުނީ ޔޫއްޕެ ކުޅުދުއްފުއްޓަށް ދާނީ ސަޕްރައިޒަކާ އެކު ކަމަށެވެ.

ކުޅުދުއްފުށިން ފިލްމުގެ ޓިކެޓް ލިބޭނީ ޕެންޓަގުރާމް ފިހާރައިން ނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.