ހަނިމާދޫގައި ރަޖިސްޓްރިކޮށްގެން ކުރިއަށްގެންދާ ދާލަ ޤުރުއާން ކުލާހުން ބޮޑެތި މީހުންނަށް އަދި މުބާރާތްތަކުގައި ވާދަކުރާ ކުދިންނަށް އަމާޒުކޮށްގެން ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކުލާހެއް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

މިހާރު ވަނީ އެ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށް ދާލަ ޤުރުއާން ކުލާހުން މައުލޫމާތުދެ އެވެ.
“ދާލަ” އިން ހިންގާ މި ހާއްސަ ކުލާހުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް މި މަހުގެ 30 އާ ހަމައަށް ވަނީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި ކުލާސް 2023 ނިޔަލަށް ކުރިއަށް ގެންދިއުމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށާއި ސްޕޮންސަރކުރުމަށް ބޭނުންވާފަރާތްތަކަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

ކުލާސް ފަށަން ނިންމާފައި ވަނީ 2023 ވަނަ އަހަރު ޖެނުއަރީ މަހުގައެވެ.

ޕްރޮގުރާމްގައި ބައިވެރިވުމަށް މަހަކަށް 750ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި ކަބަލުންނަށް ރޭނގަޑު އޮން ހާއްސަ ކުލާހެއް ކުރިއަށްދާނެ ކަމަށާއި މި ކުލާސް ކުރިއަށް ދާނީ ހަފުތާއަކު 4 ދުވަހުގައި ކަމަށް ދާލަ ޤުރުއާން ކުލާހުން ބުނެއެވެ. ކިޔަވައި ދެއްވާނީ މިކަމުގައި ގިނަ ދުވަސްތަކެއްވަން ކިޔަވައިދެމުންއަންނަ ތަޖުރިބާކާރު ފަރާތެކެވެ.

އެގޮތުން 2023 ވަނަ އަހަރު ކުލާސް ކުރިއަށްގެންދިއުމަށް އެހީތެރިވާން ބޭނުންވާފަރާތްތަކަށާއި ސްޕޮންސަރ ކުރުމަށް ބޭނުންވާފަރާތްތަކަށް އެފުރުސަތުވަނީ ހުޅުވާލެވިފައެވެ.

ސައުގުވެރިވާ ނަމަ ދާލަ ޤުރުއާން ކުލާހާއި ހިއްސާކޮށްދެއްވުމަށް އެ ކުލާހުން އެދެއެވެ.

މި ކުލާހާ ބެހޭ އިތުރު މައުލޫމާތު 7216544 އަދި 7915589 އަށް ގުޅުމުން ލިބޭނެ އެވެ.

މުބާރާތްތަކުގައި ރަށުން ވާދަކުރާކުދިންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޖެނުއަރީ – ފެބުރުއަރީ ދެމަހަށް އަމާޒުކޮށްގެން ޙާއްސަކުލާހެއް ކުރިއަށް ގެންދިއުމަށް މިހާރުވާނީ ރޭވިފައެވެ.

ރަށުން ބޭރުން ޓީޗަރެއްގެނެސް ކުލާސްތަކެއް ކުރިއަށް ގެންދިއުމަކީ ކަލާހަކަށްބަލާފައި ހަރަދުގެ ގޮތުން ބޮޑުކަމެއް. އެހެން ނަމަވެސް އެކަށީގެންވާ އެހީތެރިކަމާއި 45 ބެލެނިވެރިން ޝަޢުގުހުރިނަމަ މި ޓީޗަރުގެ އެހީތެރިކަމާއި އެކު 2023 ޑިސެމްބަރމަހުގެ ނިޔަލަށް ކުލާސް މެނޭޖްކުރުމުގައި އަޅުގަނޑުމެން މިތިބީ ތައްޔާރަށް” ދާލަ ޤުރުއާން ކުލާހުގެ މެނޭޖްމެންޓުން ހާމަކުރެއްވި އެވެ.

ދާލަ ޤުރުއާން ކުލާހުގެ އުއްމީދަކީ 2023 ވަނަ މުބާރާތްތަކުގައި ވާދަކުރާކުދިންގެ ފެންވަރު ރަނގަޅުވެ 36 ޤައުމީ ގުރުއާން މުބާރާތުގައި ވާދަކުރާކުދިން އިތުރުވެ ރަންވަނަ ތަކެއް ރަށަށް ލިބިގެން ދިއުމެވެ.

ދާލަ ރަޖިސްޓްރީކުރިފަހުން 10 އަހަރުވުމާ ގާތަށް އައިއިރު މިއީ މިކުލާހުން އިންތިޒާމްކޮށްގެން މުޅިރަށަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް ބާއްވާފައިވެއެވެ.

ދާލަ އަކީ ގުރުއާން މުބާރާތުގެ އިތުން ހަނިމާދޫގައި އެހެނިހެން އިތުރު ހަރަކާތަތަށްވެސް ކުރިއަށް ގެންދާ ކުލާހެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.