ވަރަށް ބޭނުންވެގެން ހިތުއަޅައިގެން ހުރި ކުއްޖެއް ނުލިބުމުން ކުރެވޭނެ އިހްސާސްތައް، ……. އަލަތު ލޯބި މަތިން ހަނދާން ނައްތައިނުލެވުން، …… މިއީ ހަމަ ގައިމުވެސް މިމަހު 06 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގެ އެންމެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށް އެންމެ ފުރަތަމަ ފަހަރަށް އެޅުވި ދިވެހި ފިލްމު “ބީވީމާ”އިން ފެެނިގެންދިޔަ ބައެއް ޖަޒުބާތުތަކާއި އިހްސާސްތަކެކެވެ.
އެ ފިލްމެއް ރިލީޒްކުރާނެ ވަގުތަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފިލްމު “ބީވީމާ” ރޭ އޮލިމްޕަހުގައި ދައްކަން ފެށީ ރަތްދޫލަ ހަފުލާއަކާއެކުގައެވެ. އާއްމުކޮށް ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމުތައް ރިލީޒްކުރުމާ ތަފާތުކޮށް، އަދި ޚާއްޞަ ގޮތެއްގައި ރިލީޒްކުރި މި ފިލްމަކީވެސް ޚާއްޞަ އެތައް ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.
މުޅީން އަލަށް އެކްޓިންއަށް ތަޢާރަފުވާ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާ އަދި ކުރިއަރަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ އާދަމް ޒިދާން (ނާނަ) މި ފިލްމުން ފެނުމުގެ އިތުރުން، ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) މި ފިލްމުން ފެނިގެންދިއުން ހިމެނެއެވެ. މި ތަރީންގެ އިތުރުން ކުރިއަރަމުން އަންނަ އަދި ހުނަރުވެރި އެކްޓިންއެއް ދައްކާ ހިތްގައިމު އެކްޓްރެސް އާމިނަތު ރަޝްފާ (އާޝާ)ގެ ފިލްމީ ހަޔާތުގައިވެސް މިއީ އޭނާއަށް ކުރެވުނު ތަފާތު ތަޖުރިބާއެއް ކަން ފާހަގަކޮށްލެވެއެވެ.
“ބީވީމާ” ޚާއްޞަވުމުގެ އިތުރުން މި ފިލްމަކީ ޒަމާނީ ފެންވަރަށް އޮލިމްޕަސް ތަރައްޤީކޮށް ހުޅުވިފަހުން ދައްކަން ފެށި ފުރަތަމަ ފިލްމެވެ. މިހާރު އޮލިމްޕަހުގައި އެންމެ ޒަމާނީ ފެންވަރުގެ 7.1 ޑޮލްބީ ސަރައުންޑް ސިސްޓަމްއެއް ގާއިމްކުރެވިފައި ވުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީ ސްލައިޑިން ސްކްރީނުގައި ފިލްމު ފެނިގެންދިޔައީ ބެލްޖިއަމްގެ ބާކޯ ބްރޭންޑްގެ ސްޓީރިއޯސްކޯޕިކް ހައިކޮލިޓީ ޕްރޮޖެކްޓަރަކުން ނެވެ.
“ބީވީމާ”ގެ ކަވަރޭޖް ހެދުމަށް މުނިއަވަސް އިން ބައިވެރިވެލެއްވި މުނިއަވަސްގެ ސީއީއޯގެ ޚާއްޞަ ރިވިއު އާޓިކަލްއެއް މިއަދު ގެނެސްދޭން ހަމަޖެހިފައިވާތީ ފިލްމާއި ޕްރިމިއާ ޝޯގެ އިތުރު ވާހަކަތަކެއް ދައްކާކަށް ނެތީމެވެ. ނަމަވެސް، ރާއްޖޭގެ ފިލްމީ މަސައްކަތުގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅެއް ކަމަށްވާ ޙުސައިން ޝިހާބް މީސްމީޑިއާއަށް ދޫކޮށްލެއްވި ލިޔުންކޮޅެއް ހިއްސާކޮށްލާނަމެވެ.
ޙުސައިން ޝިހާބުގެ އިތުރުން، ފިލްމީ ދާއިރާގެ ގިނައަދަދެއްގެ ފަންނާނުންނާއި އިތުރު ފަރާތްތަކުގެ މިފަދަ ކޮމެންޓްތަކުން ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފޭސްބްކްޕޭޖް ފުރެމުން އަންނަކަންވެސް ފާހަގަކޮށްލެވެ އެވެ.
ދެ ދައުރެއް ދައްކުވައިދޭ “ބީވީމާ”އަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު ލިޔެ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ.
މުޙައްމަދު ޢަލީ (މޮގާ) އަދި ޢާއިޝަތު ފުޢާދު ޕްރޮޑިއުސްކޮށްފައިވާ “ބީވީމާ” ކެމެރާކުރީ އިބްރާހީމް ވިސާން (ކަނޑި) އެވެ. ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރީ ކެމެރާމަން އަދި ޑައިރެކްޓަރ ޢަލީ ޝިފާއު (ޗިއްޕެ) އެވެ. ބެކް މިއުޒިކް ތައްޔާރުކޮށްދިނީ މުނާޒް ޒުބައިރް އެވެ. ކޮސްޓިއުމްތައް ފަރުމާކޮށް ތަރިންގެ މޭކަޕް ކޮށްދިނީ މަޝްހޫރު ފެޝަން ޑިޒައިނަރ ޙުސައިން ހާޒިމް (ސޭންޑީ) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު