ރާއްޖެޓީވީން އުފެއްދި “ހަޔާތް” ކުރު ފިލްމަށް ބައިނަލްއަޤްވާމީ ވަރުގަދަ އެވޯޑެއް ލިބިއްޖެ އެވެ. މިއަހަރު ޖެނުއަރީ 28 އަދި 29 ވަނަ ދުވަހު ތައިލޭންޑްގެ ބެންކޮކްގައި ބޭއްވި “ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް”އަށް ހުށައެޅި ކުރު ފިލްމުތަކުން ފަޚުރުވެރި އެއްވަ ލިބިފައިވަނީ “ހަޔާތް” ކުރު ފިލްމަށެވެ.
“ހަޔާތް”ކުރު ފިލްމަކީ ރާއްޖެޓީވީން 2021ވަނަ އުފައްދައި ދެއްކި އެންތޮލޮޖީ ސީރީޒް “ހަތަރު މަންޒަރު”ގައި ހިމެނޭ ސެގްމެންޓެކެވެ. 16 އޭޕްރީލް 2021ގައި ރާއްޖެ ޓީވީން އާއްމުކޮށް ދެއްކި މި ކުރު ފިލްމަކީ ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤް ލިޔެ ޑައިރެކްޓްކޮށް ގެނެސްދިން އުފެއްދުމެވެ. ސަމާހް އިބްރާހީމް ކެމެރާކުރި މި އުފެއްދުމުގެ ޕޯސްޓްޕްރޮޑަކްޝަން ހެދީ ‘އާރް ސްކޮޔާޑް ސްޓޫޑިއޯ”އިން ނެވެ.
“ހަޔާތް” މިއީ ރަވީ ފާރޫޤްގެ ފިލްމީ ޙަޔާތުގައިވެސް ކޮށްފައިވާ ތަފާތު މަސައްކަތެކެވެ. ތަފާތު ތަޖުރިބާއެކެވެ. މިއީ ރަވީގެ ފުރަތަމަ ސްކްރީން ރައިޓިން ހިމެނޭ ކުރު ފިލްމެކެވެ. ކުރު ފިލްމު “ހަޔާތް” ލިޔެ ޑައިރެކްޓްކުރީ ވެސް ރަވީ އެވެ.
54:49 ސިކުންތުގެ މި ކުރު ފިލްމުގެ މުހިންމު ބައިވެރިންގެ ތެރޭގައި ހިމެނެނީ މުޙައްމަދު ރަޝީދު (ދަރާ)، ޢަލީ ފާރޫޤް، މުޙައްމަދު ސޮލާޙް، މުޙައްމަދު އީތަން ޖުމައިހް އެވެ.
ހަޔާތް މި ލިންކުން ބައިލައިލެވޭނެއެވެ.
“ބެންކޮކް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް”ރާއްޖޭގެ ތަޖުރިބާކާރު ސީނިއަރ އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ) އަދި އަޙްމަދު ނިމާލަށް ވެސް ދެ އެވޯޑެއް ލިބުނެވެ މުޙައްމަދު ރަޝީދު (ދަރާ)އަށް އަރުވާފައިވަނީ ލައިފްޓައިމް އެޗީވްމެންޓް އެވޯޑެވެ. އަޙްމަދު ނިމާލަށް އަރުވާފައިވަނީ ދިވެހި ފިލްމީ ދާއިރާއަށް އާދަޔާޚިލާފަށް މޮޅު ޚިދުމަތްތަކެއް ކޮށްދީފައިވާކަން ފާހަގަކޮށް ‘އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަން ފޯރ މޯލްޑިވްސް ފިލްމު އިންޑަސްޓްރީ-2023’ އެވޯޑެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ