ދިވެހި ފިލްމު ބަލާ އޯޑިއަންސްގެ ހިތްކުގައި އަދިވެސް ރަނިކަންކުރަމުން އަންނަ ރާނީ، ކުރީގެ މަޝްހޫރު ފިލްމީތަރި ޝިރާނީގެ ސައިކަލް ވަގަށްނަގައިފި އެވެ. ޝިރާނީގެ ސައިކަލް ގެއްލުނީ ހުޅުމާލޭ ފޭސް ދޭއްގެ އެޗް14ގެ ބޭސްމެންޓްގައި ޕާކްކޮށްފައި ހުއްޓާކަމަށް ޝިރާނީ ބުނެއެވެ.
ކުރީގެ އެކްޓްރެސް، އަދި މުނިއަވަސް ޓީމުގެ މެންބަރު ޢާއިޝަތު ޝިރާނީގެ ސައިކަލް ގެއްލިގެން އެ ސައިކަލް ހޯދުމަށް އާއްމުންގެ އެހީތެރިކަަމަށް އެދި ޝިރާރީގެ ފޭސްބްކްގައިވެސް ޕޯސްޓެއް ޖަހާފައިވެއެވެ. މި ސައިކަލުގެ އެއްވެސް މަޢުލުމާތެއް ލިބިއްޖެނަމަ: 7419078 އަށް ގުޅުއްވު ޝިރާނީގެ އިތުރުން މުނިއަވަސް ޓީމުންވެސް އެދެމެވެ.
އެކްޓިންއާ އެއްކޮށް ދުރަށް ދިއުމަށްފަހު މާތްﷲގެ ވާގިފުޅާ މިންވަރުފުޅާއެކު ހިތްގައިމު ދިރިއުޅުމެއް އުޅެމުން އަންނަ ޝިރާނީ މުނިއަވަސް ޓީމުގެ މެންބަރެއްގެ ގޮތުގައި އުޅެމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ.
މުނިއަވަސްގެ ކުލަބްހައުސް ބައެއް ޕްރޮގްރާމުތަކުގެ އިތުރުން، ވާހަކަ އަދި އިޝްތިހާރުތަކުންނާއި ލަވައިން މާނަ ފަދަ ޚާއްޞަ ކަންތައްތަކުން ޝިރާނީގެ ހުނަރުވެރި ފިލްމީ އަޑު އިވެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ޢާއިޝަތު ޝިރާނީ އަދި ކުރީގެ ޕްރެޒެންޓަރ ޢާއިޝަތު ރިފްޒާ (ރިފޫ) އަކީ މުނިއަސް ޓީމުގައި ހިމެނޭ ހަމައެކަނި ވީވީއައިޕީ މެންބަރުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
