ގިނަ ބައެއްގެ ބޮޑު މަޤުބޫލުކަމެއް ހޯދި ޑްރާމާ ސީރީޒް “އިމްލީ”ގައި އަދްތިޔާ ޓްރިޕާތީގެ ރޯލުން ފެނިގެންދިޔަ ގަޝްމީރް މަހާޖާނީގެ އިތުރުން އަންހެންކުދިންގެ ހިތްތައް ފަހަތަކުރަމުން އަންނަ ކަރަން ކުންްދްރާ، ރީމް ޝެއިޚް ލީޑުން ފެނިގެންދާ “ތެރޭ އިޝްޤް މެއިނ ގާޔަލް” މިރޭ ކަލަރޒް ޓީވީން ދައްކަން ފަށައިފި އެވެ.

ބޮލީވުޑްގެ ސީރީޒްތަކުން ބޮޑު މަޤުބޫލުކަމެއް ހޯދި “ވޭމްޕަޔަރ ޑައިރީޒް’އިން އިންސްޕަޔަރ ވެގެން އުފައްދާ މި ސީރީޒަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު ސީރީޒްގެ ފުރަތަމަ އެޕިސޯޑް ބެލުމަށްފަހުވެސް ގިނަބަޔަކު ތަޢުރީފުކޮށްފައިވެއެވެ. ވަކީން ޚާއްޞަކޮށް ކަރަން ކުންދްރާގެ ފޭނުންގެ ޓްވީޓްތައް މިރޭ ފަތުއަޑުކިޔާފައި ފެތުރެމުން އަންނަކަން ފާހަގަވެ އެވެ.

މި ސީރީޒްގެ ޝޫޓިން ފަށައި، ޕްރޮމޯއެއް އާއްމުކުރި ހިސާބުންވެސް ބޮލީވުޑް ތެރޭގައި މި ސީރީޒްގެ ވާހަކަތައް ރަށްގޮވާއަޑަކަށް ވެގެންދިޔައެވެ.

“ތެރޭ އިޝްގް މެއިނ ގާޔަލް” ފެށިގެން ދިޔައީ އިޝްޤުން ފޯވެފައިވާ ތޭޖް (އަރްޖުން ބިޖްލާނީ) އަދި އަވަންތިކާ (ނިޔަތީ ފަތުނާނި) އެކަކު އަނެކަކާ ވަކިވާން އުނދަގޫވެގެން އުޅޭހިނދު، ތޭޖް ކައިރިން ދުރަށް ދިއުމަށް އަވަންތިކާ ގާތު އާދޭސްކުރާ ހިސާބުންނެވެ. އޭރު ފުލުހުންނާއި އެ އަވަށުގެ ރައްޔިތުން ތޭޖް ހޯދުމަށް އުޅޭތަން ފެނެއެވެ. ތޭޖްގެ ވާހަކަތައް އަވަންތިކާ ޤަބޫލުނުކުރުމުން ތޭޖްގެ އަސްލު ސޫރަ ދައްކާލައެވެ.

“ތީ ވެއަރފުލްވެއް، އަދި މަށަކީ އިންސާނެއް. އަހަރުމެން ދެމީހުންގެ ދެމެދުގައި އޮތް ހަމައެކަނި ދުރުކަމަކީ އެއީއެއްނު؟ މިރޭ މީ ސާދަވިލޭރޭ. މިރެއަކީ ތޭޖް ފަދަ މަޚްލޫޤަކަށް އަހަރެން ބަދަލުކުރުމަށް އޮތް ރޭ. އަހަރެންގެ ގައިގައި ދައްއަޅައި ތޭޖް ފަދަ މަޚްލޫޤަކަށް އަހަރެންވެސް ބަދަލުކޮށްދީ. އޭރުން އަހަރުމެންނަށް ތާއަބަދު އެކުގަ އުޅެވޭނެ.” ވަރަށް ކެރިގެން ހުރެ އަވަންތިކާ ބުނެއެވެ.

އަވަންތިކާ ބުނިގޮތަށް އަމަލުކުރުމަށް ތޭޖް މަސައްކަތްކުރި ނަމަވެސް އެކަން ކުރާކަށް ނުކެރެއެވެ. …….

އޭގެ ފަހުން، އީޝާގެ ރޯލުން ފެންނަ ރީމްގެ މަންޒަރަކުންނެވެ. މަސްތަކެއް ކުރިން އޭނާގެ މައިންބައިފައި ވަކިވެިފައިވުމުން އެކަމުގެ ހިތާމާގައި އެއިޝާ ދިރިއުޅެމުން ދަނީ އޭނާ ބޮޑުދައިތަ އާއި ފިރިހެން ކޮއްކޮއާ އެކުގައެވެ. ދެކުދިންވެސް އެމީހުންގެ މައިބަފައިންގެ ވަކިވެދިއުމާ ގުޅިގެން ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވެއެވެ.

ގަޝްމީރް މަހާޖާނީ ކުޅެނީ އަރްމާންގެ ކެރެކްޓަރ އެވެ. އޭނާ އަކީ ކިތަންމެ ރީތި މީހެއް ނަމަވެސް ޒާތެއްގެ ބިރުވެރިގޮތެއް ހުންނަ މީހެކެވެ. އީޝާގެ ބޯކޮޅުބަލަމުން އަރްމާން އުޅެނީ އީޝާ ދެކެ ލޯބިވާތީ ކަމެއް ނުވަތަ ކޮންމެވެސް އެހެން މަޤުޞަދެއްގައި އީޝާ ބޭނުންވެގެން ނޫންކަމެއްވެސް ނޭނގެއެވެ.

ފުރަތަމަ އެޕިސޯޑް ނިމެން ގާތްވެފައި ވަނިކޮށް ކަރަން ކުންދްރާ ފެނިގެންދަނީ ވީރް ނަމަކަށް ކިޔާ ކެރެކްޓަރއަކުންނެވެ. ވީރް އަކީ އެއްވެސް ގާނޫނެއް ގަވައިދަކަށް ބެލުމެއްނެތި އުޅެމުން އަންނަ މީހެކެވެ. އެނާ ބިރުގަންނަ އެއްވެސް މީހެއް ނުހުރެއެވެ. އޭނާއަކީ ކާކުކަން އެނގިދާނެތީވެސް ޖެހިލުމެއް ނުވެއެވެ. ނަމަވެސް އަރްމާން އަކީ މީގެ އިދިކޮޅެވެ.

ކުރިއަށް އޮތް އެޕިސޯޑްގައި އަރްމާން އަދި އީޝާ އެކަކުއަނެކަކުދެކެ ލޯބިވާކަން ހާމަކުރެ އެވެ. އީޝާގެ ގެއަށް އަރްމާން ގެންދާ ހިސާބުން އަރްމާންގެ ވުލްވެރިން ސައިޑް (ވެއަރވުލްފަކަށް ބަދަލުވާ ތަން) ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން މިއީ ވޭމްޕަޔަރ ޑައިރީސްގެ އިތުރުން ޓީން ވުލްވްސް އިންވެސް އިންސްޕިރޭޝަން ހޯދައިގެން އުފައްދާ ސީރީޒެއްކަމަށް ބެލެވެއެވެ.

މި ޕޭޖުން ފުރަތަމަ އެޕިސޯޑް ބަލައިލެވޭނެ އެވެ.

https://www.youtube.com/watch?v=UhDkMFqsHmc

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.