މިއުޒިކް އެރޭންޖްކުރީ ޝަމްވީލް މުޙައްމަދު (ބަރ) އެވެ. ލަވަތައް ކިޔާފައިވަނީ ޝަމްވީލްގެ އިތުރުން އިބްނާ ނާސިރު އެވެ. އަލްބަމް ކަވަރގެ އާޓްވޯކް ހެދީ ޢަލީ ރިޒާ (ޒާރިއޯ) އެވެ.

ހިމެނޭ ކަވަރ ލަވަތަކަކީ “ހާދަ އެދެން ކައިރިން ގެންދަން”، “ހައިރާންވޭ ސޫރަވަނީއޭ”، “އެ ކީއްވެހޭ ނިވާވުމުންނެ ހަނދު ފިލީ”، “ޤިޔާމަތު ޤިޔާމަތު”، “ލޯބިން ތިޔަ އަތުގާ ބީހިލީމަ”، “ބޯ ވެހޭ ވާރެޔާ” އެވެ. މިއީ މިއަދު ސައުންޑްކްލައުޑް މެދުވެރިކޮށް މަޝްހޫރު ލަވަކިޔުންތެރިޔާ ޝަމްވީލް މުޙައްމަދު (ބަރޯ) ދޫކޮށްލި އޭނާގެ “ލަވްމެޝަޕް 05″ގެ މަޢުލޫމާތު ތަކެވެ. ނަމަވެސް މި މަޢުލޫމާތުތައް އެނގުނަސް، “ލަވްމެޝަޕް 05” ލަވަފަތީގެ ފުރިހަމަކަމާ ސަޅިކަން އެނގޭނީ ލަވަތައް އަޑުއަހާލައިގެންނެވެ.

“މި ފަހަރު މި މެޝަޕްގަ މުޅިން އައު އަންހެން އަޑެއްވެސް އިވިގެންދާނެ.” ޝަމްވީލް މިހެން ބުނި ހަނދާން އެބަހުރިދޯ އެވެ. އެ ފަންނާނަކީ އިބްނާ ނާސިރު އެވެ. އިބްނާ ނާސިރުގެ ލަވަކިޔުމުގެ ޗާލުކަމާ ހުނަރުވެރިކަންވެސް އެނގޭނީ ލަވަތައް އަޑުއަހައިލީމަދޯ އެވެ. ހަމަ ގައިމުވެސް މަށަށް ވަރަށް ހިތްގައިމެވެ.

ޝަމްވީލްގެ ލަވް މެޝަޕް 05 އަޑުއަހާލާށެވެ.

ޝަމްވީލްގެ ލަވްމެޝަޕްތައް އާއްމުކުރަމުން ދަނީ ޔޫޓިއުބް އަދި ސައުންޑްކްލައުޑް މެދުވެރިކޮށެވެ.

މިދިޔަ އަހަރު ޝަމްވީލް ނެރުނު “ލަވް މެޝަޕް 4” ގައި ހިމެނޭ ލަވަތަކަށް ބަލައިލާއިރު، ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދާފަައިވާ ލަވަ ‘މިރޭ ނަސީބުހޭ’، ‘ވިންދު ޖަހާތީ’، ‘ޖެހިލުންވެ މޭ ތެޅޭ’، ‘އެ ހޯދި އުފާ’، އަދި ‘ހޯދާ މަހޯދާ’ ހިމެނެއެވެ. މީގެ އިތުރުން މުޅިން އައު ލިރިކްސް އެއް ކަމަށްވާ ‘ކިހިނެއްހޭ ޔާރް’ ހިމެނެއެވެ. މިއީ ރިޓްޒް ލިރިކްސްގެ ލިރިކްސްއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.