ޓައިޓޭނިކް އަޑިއަށްދިޔަ ސަރަހައްދު ހޯދުމަށް 1986 ވަނަ އަހަރު ކުރި މަސައްކަތުގެ ވީޑިއޯ އެއް މިދިޔަ ބުދަދުވަހު އާއްމުކޮށްފި އެވެ. މި ވީޑިއޯއިން މީގެ ކުރިން ފެނިފައިނުވާ އެތައް މަންޒަރުތަކެއް ފެނިގެންދެއެވެ.
މިއީ 1986 ވަނަ އަހަރު ޖުލައި މަހު ނެގި ވީޑިއޯއެކެވެ. އެ ވީޑިއޯއަކީ 1912 ވަނަ އަހަރު އެޓްލާންޓިކް ކަނޑުގެ އަޑިއަށް ޓައިޓޭނިކް ޣަރަޤުވި ފަހުން އެ ބޯޓު އިންސާނުންނަށް ފެނުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ވުޑްސް ހޯލް އޯޝަންގްރަފިކް އިންސްޓިޓިއުޝަނުން ބުނާގޮތުން މި ވީޑިއޯއިން ފެނިގެންދަނީ މީގެ ކުރިން އެއްވެސް ގޮތަކަށް ފެނިފައިނުވާ މަންޒަރުތަކެއް ކަމަށެވެ. 80 މިނެޓްގެ ދިގުމިން ހުރި މި ވީޑިއޯ ނަގާފައިވަނީ އަލްވިން ނަމަކަށް ކިޔާ ކަނޑުއަޑީގައި ބޭނުންކުރާ އުޅަނދެއްގެ އެހީގައެވެ.
ޓައިޓޭނިކް އަޑިއަށް ދިޔައީ އިނގިރޭޭސިވިލާތުގެ ސައުތެމްޓަން އިން ފުރައިގެން އެމެރިކާގެ ނިއުޔޯކް ސިޓީއަށް ދިއުމަށްޓަކައި ފެށި ދަތުރުގައި ގަނޑުފެންގަނޑެއްގައި ޖެހިގެންނެވެ. އެ ހާދިސާ ހިނގީ 14 އޭޕްރީލް 1912 ގައެވެ. ޓައިޓޭނިކްގެ އަލަތު ދަތުރުގައި 2200 އަށްވުރެން ގިނަ މީހުން ދަތުރުކުރިއެވެ. އޭގެ ތެރެއިން 1500އަށް ވުރެން ގިނަ މީހުން އެ ހާދިސާގައި މަރުވި އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
