‘ލައިޓް ސިނަމާ މޯލްޑިވްސް’ގެ ސްޓާ ސިނަމާއިން މިމަހު 17ގައި ދައްކަން ފެށި ޓީ-ސީރީޒް ފިލްމު “ޝެހެޒާދާ” އޮލިމްޕަހުގެ ބޮޑު އިސްކިރީނުން ބަލާލައިފިން ހެއްޔެވެ؟ ފިލްމު “ސެހެޒާދާ”އަކީ ޒަމާނީ ފެންވަރަށް އޮލިމްޕަސް ތަރައްޤީކުރި ފަހުން އޮލިމްޕަހުގައި ސްޓާ ސިނަމާއިން ދައްކާ ފުރަތަމަ ފިލްމެވެ.
ފިލްމު “ސެހެޒާދާ”ގައި ކްރިތީ ސަނޯން އާއި އެކު ފިލްމުގެ ކޯ ޕްރޮޑިއުސްކުރި ކާރްތިކް އާރިޔަން ހަރަކާތްތެރިވެ އެވެ. “ޝެހެޒާދާ” އަކީ 2019 ވަނަ އަހަރު ދެއްކި “ލުކާ ޗުޕީ” އަށްފަހު ކާތިކް އާއި ކްރިތީ އެކުގައި ފެންނަ ދެވަނަ ފިލްމެވެ.
މިފިލްމަކީ، ކާތިކްގެ ފުރަތަމަ އެކްޝަން ފިލްމެވެ. މިއީ 2020ވަނަ އަހަރު ރިލީޒްވި ތެލުގޫ ފިލްމު “އަލާ ވައިކަންތަޕުއްރަމުލޫ” ނަމަކަށްކިޔާ ފިލްމެއްގެ ރިމޭކްއެކެވެ.
މި ފިލްމު ދައްކާނީ 17 ފެބްރުއަރީ އިން 26 ފެބްރުއަރީއަށް އޮލިމްޕަސް ސިނަމާގައެވެ. ޝޯ އޮންނާނީ ރޭގަނޑު 9:00 ގައެވެ.
އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ގަނެވެން ހުރިއިރު، ފިލްމުގެ ޓިކެޓްނެގުމަށް 7201199 އަށް ގުޅައިގެން ވެސް ބުކުން ހެއްދިދާނެއެވެ. ޓިކެޓްގެ އަގަކީ 130 ރުފިޔާ އެވެ.
ސްޓާ ސިނަމާގެ އަމާޒަކީ ހޮލީވުޑް އަދި ބޮލީވުޑްގެ އެންމެ ފަހުގެ ފިލްމުތައް ވެސް އޮލިމްޕަހުން ބަލައިލުމުގެ ފުރުޞަތު ރާއްޖެއިންވެސް ފަހިކޮށްދިނުމެވެ. އެ ކުންފުނިން ބުނީ އަމާޒަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ޒަމާނީ ފިލްމުތައް ފަސޭހަ އަދި ހިތްގައިމު މާހައުލެއްގައި ތިބެ ބަލައިލުމުގެ ފުރުސަތު ދިވެހިންނަށް ފޯރުކޮށްދިނުންކަމަށެވެ.
“ސްޓާ ސިނަމާއިން އަންނަނީ އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު އެއް ފިލްމު ޑިސްޓްރިބިއުޓަރާއި ގުޅިގެން، ހޮލީވުޑް އަދި ބޮލީވުޑް އިންޑަސްޓްރީން އަލަށް ރިލީޒްކުރާ ފިލްމުތައް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުން. ހަމައެހެންމެ އަޅުގަނޑުމެން ޕްރިމިއާ ކުރާނަން އެހެން ސަރަހައްދީ ފިލްމުތަކެއް ވެސް،” ސްޓާ ސިނަމާއިން ހާމަކުރި އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ