އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ޒިޔާ ގުޅިގެން ހަދާ ކުޑަކުދިންގެ ފިލްމު ކަނޑު އިބިލީސް ގެ ޝޫޓިން ނިމި ފިލްމު ޕްރިމިއާ ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވާންފަށާފައި ވާކަމަށް ފިލްމު ކްރޫއިން ބުނެފި އެވެ.

ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައި ވަނީ ކުޅުދުއްފުށީގަ އެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނީ އިއްސެ އަދި ޒިޔާ އެވެ. ޒިޔާގެ ކެރެކްޓާ އަކީ “ވަސްވާސް”ގައި އޭނާ ފެނުނު ކެރެކްޓާ ކަމަށާއި އިއްސެގެ ކެރެކްޓާ ވެސް ވަރަށް ހާއްސަ ވާނެ ކަމަށް ޒިޔާ ބުންޏެވެ.

ކަނޑު އިބްލީސް ޕްރޮޑިއުސްކޮށްފައިވަނީ އިއްސެ އާއި ޒިޔާގެ އިތުރުން ރިފްއަތު އެވެ. ފިލްމު އަޅުވާނެ ތާރީޚެއް އަދި ނިންމާފައި ނުވާކަމަށާއި ފިލްމުގެ މި ފިލްމަކީ ކުޑަކުދިންނަށް ވަރަށް ކަމުދާނެ އިބްރަތްތެރި ފިލްމަކަށް ވާނޭ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެ އެވެ.

“އިރާދަކުރެއްވިއްޔާ މި ފިލްމު ވާނީ ހަމަ ވަރަށް އެންޓަޓެއިނިން، ވަރަށް ކަމުދާ މޮޅު ފިލްމަކަށް.” ފިލްމު ގެ އެއް ޕްރޮޑިއުސަރ ކޮޕީ އިއްސެ ބުންޏެވެ. އިއްސެ އިތުރަށް ބުނީ ފިލްމުގެ ‘ގްރޭންޑް ޕްރިމިއާ’ އެއް ކުޅުދުއްފުށީގައި ބޭއްވުމަށް ދޮޅުމަސް ދުވަސްތެރޭގައި އެރަށަށް ދާނެ ކަމަށެވެ. މި ފިލްމު ރަސްމީކޮށް ރިލީޒް ކުރަނީ ކުޅުދުއްފުށީގަ އެވެ.

ކޮޕީ އިއްސެ ގެ ބައްޕަ، ކޮޕީ މުޙައްމަދު ރަޝީދުގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ ‘ކަނޑު އިބްލީސް’ ގެ ލީޑުން ފެނިގެންދާނީ އިއްސެ އަދި ޒިޔާ އެވެ. މީގެ އިތުރަށް ކުޅުއްދުއްފުށީގެ ކުދިންނާއި ބޮޑެތި މީހުން މި ފިލްމުން ފެނިގެންދާނެ އެވެ. ފިލްމުގެ މޭކަޕް ކެމެރާގެ މަސައްކަތް ދަބާ ކޮށްދީފައިވާއިރު، އެޑިޓިންގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ޒިޔާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.