މި މަހު 03 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބާއްވާ “މިއުޒިކަލް އައިޑަލް” ޝޯ ދިނުމަށް މިއަދު ރާއްޖެ އައި ޕަވަންދީޕް ރަޖާން އާއި އަރުނިތާ ކަންޖިލާލް އަށް ކުރެދޫ އައިލެންޑް ރިޒޯޓުން އުއްޗުގެ ދެކަނބަލުންގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

“އިންޑިއަން އައިޑަލް” ސީޒަން 12 ކާމިޔާބުކޮށް މިހާރު ވިދަމުން އަންނަ ޕަވަންދީޕް އަދި އަރުނިތާގެ މި ޝޯ އޮންނާނީ މި މަހު 03 ވަނަ ދުވަހުގެ ރޭގަ އެވެ.

މިއުޒިކަލް އައިޑަލްގެ ނަމުގައި ބާއްވާ މި ޝޯއަކީ އިންޑިއާ، ލަންކާ އަދި ރާއްޖޭގެ ފިލްމީ ތަރިން ހަރަކާތްތެރިވަމުން އަންނަ ޓޯނިވަލް ހަރަކާތުން އިންތިޒާމުކޮށްގެން ބާއްވާ ޝޯއެކެވެ. ޝޯގެ ވީއައިޕީ ޓިކެޓްތައް އެއްކޮށް ވިކި ހުސްވެފައިވާއިރު، މިހާރު ލިބެން ހުރީ 80 ރުފިޔާއަށް ވިއްކަން ހުރި އާއްމު ޓިކެޓްގެ އިތުރުން 150 ރުފިޔާއަށް ވިއްކާ ފަސްޓް ކްލާސް ޓިކެޓެވެ.

“މިއުޒިކަލް އައިޑަލް”ޝޯގެ އާއްމު ޓިކެޓެއް 80ރ. ހުރި އިރު، ފަސްޓް ކްލާސް ޓިކެޓެއް ލިބެނީ 150ރ. އަށެވެ. ވީއައިޕީ ޓިކެޓެއްގެ އަގަކީ 500ރ. އެވެ.

@muniavas #tournival #pawandeeprajan and #arunitakanjilal in #maldives #maldivestiktok🇲🇻 ♬ original sound – MUNIAVAS


މި ޝޯގައި ޕަވަންދީޕް އަދި އަރުނިތާގެ އިތުރުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަަމަށްވާ ރާފިޔާތު ރަމީޒާ އަދި ޝަލަބީ އިބްރާހީމް ވެސް ލަވަ ހުށައަޅާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.