ފެބްރުއަރީ 06 ގައި ރިލީޒް ކުރި މޮޅު ސަންޕެންސް ތުރިއްލާ ‘ދެވަންސޫރަ’ އިގެ މީޑިއާ ޕާޓްނަރުންގެ ތެރޭގައި ‘މުނިއަވަސް’ ހިމެނުން ވެގެންދިޔައީ ‘މުނިއަވަސް’ އަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކަށެވެ. ދިވެހި ފީޗާ ފިލްމެއް ފެށޭއިރު، މީޑިއާ ލޯގޯ ތަކުގެ ތެރެއިން ‘މުނިއަވަސް’ ގެ ލޯގޯ ފެނިގެންދިއުމަކީ މުނިއަވަސް އިން ފާހަގަކުރާގޮތުން ކުޑަކަމެއް ނޫނެވެ.
‘މުނިއަވަސް’ އަށް ‘ދެވަންސޫރަ’ އިގެ ޕްރޮޑިއުސަރުން މިފަދަ ފުރުޞަތެއް ދިނުމަކީ އަޅުގަނޑުމެން ދެވަންސޫރަ ޕްރޮމޯޓް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ އަގު ޕްރޮޑިއުސަރުން އަދި ވަކިން ޚާއްޞަކޮށް ފިލްމުގެ ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ވަޒަންކުރާކަން ރަމްޒުކޮށްދިން ކަމެކެވެ.
ދެވަންސޫރަ އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅެފައިވާ މޮޅު ސަސްޕެންސް ތުރިލާއެކެވެ. ފިލްމުން ދައްކުވައިދެނީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތަށެވެ. ފިލްމުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވެ އެވެ.
ފިލްމްގެ ތަރިންގެ ތެރޭގައި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފުވާ މަރިޔަމް ޝިފާ ގެ އިތުރުން އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އިބްރާހީމް ޖިހާދު (ޖިމީ)، އަހުމަދު އީސަ (އާނަންދު)، އަލީ ޝަޒްލީމް، މުހައްމަދު ފައިސަލް އަދި ޖާދުﷲ އިސްމާއީލް (ޖާދު) ހިމެނެ އެވެ.
ފިލްމުގެ ޕްރޮޑިއުސަރުންނަކީ އަލީ ޝަޒްލީމް، އަދި އަހްމަދު ޝާހް އަލީ އެވެ. ކާމިޔާބުކަމާއެކު ރާއްޖޭގެ ރަށްތަކުގައިވެސް މިހާރު އަންނަނީ ދެވަންސޫރަ ދައްކަމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!