ބޮލީވުޑްގެ ހިތްގައިމު ބަތަލާ މަދޫރީ ޑިކްސިޓް އަދި ބަތަލު ސަންޖޭ ކަޕޫރު އެކުގައި އިސްކިރީނުން ފެންނައިރު އެ ހުންނަ ކީމިއަކީ (އޮން ސްކްރީން ކެމިސްޓްރީ އަކީ) ގިނަ ބަޔަކަށް ފާހަގަކޮށްލެވޭ އަދި ނިކަން ގަޔާވާ ކަމެކެވެ. “ކާރލީ ޓޭލްސް ކްލިޕްސް”ގެ ނަމުގައި ޔޫޓިއުބް މެދުވެރިކޮށް ގެނެސްދެމުން އަންނަ ޓޯކް ޝޯގައި މަދޫރީ އަދި ސަންޖޭ މިވަނީ އެމީހުންނަށް އެންމެ މީރު ކާނާގެ އިތުރުން ޗުއްޓީހޭދަކޮށްލަން ދިއުމަށް އެންމެ ކަމުދާ މަންޒިލާބެހޭގޮތުން ވާހަކަދައްކާފައެވެ.

އެންމެ ދާން ބޭނުންވާ މަންޒިލަކީ ކޮބައިތޯ “ކާރލީ ޓޭލްސް ކްލިޕްސް”ގެ އެންކަރު ސުވާލުކޮށްލުމުން މަދޫރީ ބުނީ އޭނާ ދާން ބޭނުންވަނީ އެހާ މީހުން ގިނަ ނޫން، ސުލްހަވެރި މަންޒިލަކަށް ކަމަށެވެ. އެހެން ބުނަމުން އޭނާ ކިޔި ލިސްޓުގެ އެންމެ ކުރީގައި ހިމެނީ ދިވެހިރާއްޖެ އެވެ.

މަދޫރީ އަދި ސަންޖޭ ކަޕޫރުގެ އެންމެ މަޤުބޫލުވެގެން ދިޔަ ލަވަ “އަނކިޔަ މިލާނ ކަބީ އަނކިޔަ ޗުރާ” ލަވައަށް ދާދިފަހުން އެ ދެމީހުން ނެށި ވާހަކަވެސް މި ޝޯގައި ދައްކާފައިވެއެވެ.

މިދިޔަ އަހަރު ނެޓްފްލިކްސް އިން ދެއްކި ކާމިޔާބު ސީރީޒް “ދަ ފޭމް ގޭމް”ގެ ލީޑްގައިވެސް މި ދެ ފަންނާނުން ހަރަކާތްތެރިވެފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.