ޕާކިސްތާނުގެ މަޝްހޫރު ޓީވީ ޗެނަލްއެއް ކަމަށްވާ ހަމް ޓީވީއިން “ޗާންދު ތާރާ” ގެ ނަމުގައި މުޅިން އާ ޑްރާމާ ސިލްސިލާއެއް ފަށަން ތައްޔާރުވެއްޖެއެވެ.

ޑްރާމާގެ އިސް ރޯލުތަކުން ފެނިގެންދާނީ ޕާކިސްތާނު ތަރިންގެ ތެރޭގައި “ޕަވާ ކަޕްލް” އެއްގެ ގޮތުގައި މަޝްހޫރު ދެމަފިރިން ކަމަށްވާ ދާނިޝް ތައިމޫރް އާއި އަޔޭޒާ ޚާންއެވެ. އަދި “ޗާންދު ތާރާ” ގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި އަދުނާން ޖަފަރް، އާޝިރް ވަޖާހަތު، ރެހާން ޝެއިޚް އަދި މާހާ ޙަސަން ފަދަ ތަރިން ހިމެނެއެވެ.

މާގިނަ ވާހަކަތަކެއް އާންމުކޮށްފައިނުވާ “ޗާންދު ތާރާ” ގެ ޓީޒަރތަކެއް ދައްކާލާފައިވާއިރު ޓީޒަރތަކުން ފެންނަ ގޮތުގައި އަޔޭޒާއަކީ ޑޮކްޓަރެކެވެ. ދެމީހުންގެ ކެމިސްޓްރީ ވަރަށް ފުރިހަމައަށް ފެނިގެންދާއިރު މިއީ ރޮމޭންޓިކް ކޮމެޑީ ޖޯންރާއަށް ފައްކާކޮށްފައިވާ ޑްރާމާއެކެވެ.

ސައިމާ އަކްރަމް ޗޯދްރީގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ “ޗާންދު ތާރާ” ޑައިރެކްޓްކުރީ “އިޝްޤް ތަމާޝާ”، “ޗުޕްކޭ ޗުޕްކޭ”، “ދުބާރާ” އަދި “ހަމް ތުމް” ފަދަ ކާމިޔާބު ޑްރާމާތަކެއް ގެނެސްދީފައިވާ ދާނިޝް ނަވާޒެވެ. ޑްރާމާ ޕްރޮޑިއުސްކުރީ މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އިންނެވެ.

“ޗާންދު ތާރާ” އިން އަނެއްކާވެސް ދާނިޝް އާއި އަޔޭޒާ އެކުގައި ފެނިގެންދާއިރު މީގެ ކުރިންވެސް ވަނީ ދެތަރިން އެކުގައި ހަތަރު ޑްރާމާއެއް ކުޅެފައެވެ. އެއީ “ސާރީ ބޫލް ހަމާރީ ތީ”، “ޝަރީކޭ ހަޔާތު”، “ކިތުނީ ގިރްހޭނ ބާކީ ހޭ” އަދި “މެހެރްޕޯޝް” އެވެ. އޭގެ އިތުރުން ޓެލެފިލްމު “ޖަބް ވީ ވެޑް” އަކީވެސް މި ދެތަރިން އެކުގައި ކުރި މަސައްކަތެކެވެ.

ރަމަޟާން މަހަށް ޚާއްސަކޮށް ހަމް ޓީވީއިން މިފަހަރު ގެނެސްދޭ “ޗާންދު ތާރާ” ރަމަޟާން މަހުގެ ކޮންމެ ރެޔަކު ރާއްޖެ ގަޑިން 9:00 ގައި ދައްކާ ގޮތަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.

https://www.youtube.com/watch?v=tBNix-MLSIo

@muniavas Chand Tara On Airing Soon #muniavasnews #maldives #dhivehi #foryoupage #fyp #contentcreators #muniavas #habarugadi @mamma.ivry.maldives ♬ original sound MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.