ސައިންސް ސްޓްރީމް ކިޔަވާ ދަރިވަރުންނަށް މިއީ އައު މެޓީރިއަލްއަކަށް ނުވެދާނެއެވެ. ގްރެފީންއަކީ ކާރބަން އެޓަމްއިން އުފައްދާފައިވާ ކާރބަންގެ އެލެޓްރޯޕް އެކެވެ. އެލެޓްރޯޕް އަކީ ކޮބައިކަންވެސް ތިލަކޮށްލާނަމެވެ. އެއް އިލެމެންޓެއް އެތައް ފޯމަކަށް އުފެދިފައިވާ އުފެދުމަށް އެލެޓްރޯޕް އޭ ކިޔައެވެ. މިސާލަކަށް ގްރެފައިޓް (ފަންސުރު ތުނޑު ހަދާފައިވާ މާއްދާ)، ޗާރކޯލް (ބޯޓްދެލި) އަދި ޑައިމަންޑް (ޖަވާހިރު) މިއީ ހައްތަހާވެސް ކާރބަން އިން އުފެދިފައިވާ ނުވަތަ އުފައްދާފައި އެލެޓްރޯޕް އެވެ.

ގްރެފީން އުފައްދާފައި ވަނީ ކާރބަން އެޓަމްގެ ފަށަލަތަކެއް ހެކްސަގަން ބައްޓަމަށް ތަކުރާރުކޮށް އަތުރައިގެންނެވެ. އަދާއިގެ ކަރުދާސް ގަނޑަކަށްވުރެން މިލިޔަން ގުނައަށް ގްރެފީން ތުންޏެވެ. އޭގެ ތުނިކަމުގެ ސަބަބުން ގްރެފީންއަކީ ހަމައެކަނި ދެ ޑައިމެންޝަނަށް (ޓޫޑީ ކޮށް) ހުންނަ މެޓީރިއަލްއެކެވެ.

ގްރެފީންއަކީ ޚާއްޞަ މެޓީރިއަލް އެކެވެ. އެއަށް ލިބިފައިވާ ގިނަ ޚާޞިއްޔަތުގެ ތެރޭގައި އެއީ ވަރުގަދަ ސުޕަކޮންޑަކްޓަރ (އޭގެ ތެރެއިން ކަރަންޓާއި ހޫނުކަން ވަރަށް ބޮޑަށް ދަތުރުކުރާ މާއްދާ) އެކެވެ. ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ދަގަތްފާނީ ބާރެއް (ސުޕަރ ރެއަރ ފޯރމް އޮފް މެގްނެޓިޒަމް) އޭގައި ހުރެއެވެ. މީގެ އިތުރުން ކްއަންޓަމް ސްޓޭޓްސްގެ އައު ކަންތައްތަކެއް މި މެޓީރިއަލްއާއެކު މިވަނީ ފެންމަތިވެފަ އެވެ.

މިހާރު، އަނެއްކާވެސް މިވަނީ ގްރެފީން އަށް އެހެން ޚާއްޞަ ކަމެއްވެސް ލިބިފައިވާކަން ހޯދިފައެވެ. ގްރެފީންއަކީ އޭގެ ފިނިހޫނުމިން އެބްސޮލިއުޓް ޒީރޯއަށް ނުގެނަޔަސް މެގްނެޓޯރެސިސްޓެންސް ގެ ސިފަ ލިބިފައިވާ މެޓީރިއަލް އެކެވެ.

2004 ވަނަ އަހަރު ހޯދުނު މި މެޓީރިއަލްގެ އިތުރު ތަފުސީލުތައް ވީޑިއޯއިން ބަލައިލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.