ބާލަޖީ ޓެލެފިލްމްސް އިން އެކްތާ ކަޕޫރު އުފެއްދި އެންމެ ކާމިޔާބު ސީރީޒް، ‘ކަސައުޓީ ޒިންދަގީ ކީ’ ގެ ދެވަނަ ސީޒަނެއް އުފެއްދުމާއިމެދު އަޑުތައް ފެތުރިފައިވާއިރު، އެ ސީރީޒް ގެ އެންމެ ވަރުގަދަ ސަޚްސިއްޔަތު މިސްޓަރ ބަޖާޖް (ރޮނިތު ރޯއީ) ބުނަނީ ކީކޭ ކަން ބަލައިލަމާ ހިނގާށެވެ.
އެކްތާ ކަޕޫރު ގެ ޒާތީ ހަޔާތުގައި ކުރެވިފައިވާ ހިތި ތަޖުރިބާތައް ހިމަނައިގެން ހަދާފައިވާ ‘ކަސައުޓީ ޒިންދަގީ ކީ’ އަކީ އަދިވެސް އެ ސިރީޒް ގެ ހަނދާންތަކާއި ބެލުންތެރިންނަށް ވަކިވާން އުނދަގޫވެފައިވާ ސީރީޒެކެވެ. ބޮޑަށް ހަނދާންވަނީ ސީރީޒް ގެ ލީޑް ކުޅެފައިވާ ޝްވެތާ ތިވާރީ (ޕްރޭނާ)، ރޮނިތު ރޯއީ (މިސްޓަރ ބަޖާޖް) އަދި ސެޒާން ޚާން (އަނޫރާގު ބާސޫ) އަދާކޮށްފައިވާ އާދަޔާޚިލާފު މޮޅު ކެރެކްޓަރ ތަކުގެ ސަބަބުންނެވެ. ދާދިފަހުން އަނެއްކާވެސް މިވަނީ ‘ކަސައުޓީ ޒިންދަގީ ކީ’ ގެ ވާހަކަތައް މީޑިއާ ތަކަށް ތިލަވެފަ އެވެ. ‘ކަސައުޓީ ޒިންދަގީ ކީ’ ދެ ދެވަނަ ސީޒަން އެއް އުފެއްދުމަށް ތައްޔާރުވަމުން އަންނަ ވާހަކަތަކާއި އެކުގައެވެ.
‘ކަސައުޓީ ޒިންދަގީ ކީ’ ގެ ލީޑް އެކްޓެރެސް ޝްވެތާ ތިވާރީ އިންޑިޔާގެ ގައުމީ ޓީވީ ޗެނަލަކަށް ދިން އިންޓަވިއު އެއްގައި ބުނީ ސީރީޒް ގެ ދެވަނަ ބައެއް އޭނާ ދެކެން ބޭނުންވަނީ އާ ތަރިންތަކަކާއި އެކުގައި ކަމަށެވެ. މި ސީރީޒް ގައި އެންމެ ވަރުގަދަ ރޯލެއް އަދަކުރި ރޮނިތު ރޯއީ ބުނެފައިވަނީ ކީކޭކަން ބަލައިލަމާ ހިނގާށެވެ.
“ސީޒަން 2 ހަދަން ބޭނުންކުރާ ވާހަކަ އަށް ތިކަން ބަރޯސާ ވަނީ. ކުރީ ސީޒަންގައި ދައްކުވައިދިން ބައިތަކާއި ގުޅުވައިގެން އޭގެ 20 އަހަރުގެ ފަސް ދައްކަންޏާ އެންމެ ރަނގަޅު. އެކަމަކު އޭގައި ދައްކުވައިދެނީ ކުރިންވެސް އުޅުނު މީހުންގެ ދަރިންގެ މައްސަލަތަކެއް ނަމަ ހަމަ ޔަގީނުންވެސް އޭގައި އުޅެންޖެހޭނީ ހަމަ އެ ސްޓާރުން. އެކަމަކު އެއީ ހަމަ އެ ކޮންސެޕްޓަށް އިންނަ މުޅިން އާ ލޯބީގެ ވާހަކައެއް ނަމަ އަހަރެން ދެކޭގޮތުން އެމީހުން އެ ސީރީޒް ނުހެދުން ރަނގަޅުވާނީ.” މިއީ ‘ކަސައުޓީ ޒިންދަގީ ކީ’ ގެ ދެވަނަ ސީޒަން އެއް އުފެއްދުމާއިމެދު ރޮނިތު ދެކޭގޮތެވެ.
ރޮނިތު އެގޮތަށް ދެކެނީ ކީއްވެގެންތޯ ސުވާލުކޮށްލުމުން ބުނީ، “އެހާ ރަނގަޅަށް ކުޅެފަ އޮތް އެއްޗެއް ކީއްކުރަން އަނެއްކާ ކުޅެންވީކީ؟” މި ސުވާލާއިއެކުގައި ރޮނިތު ރޯއީ ވަނީ ހިންދީ މުހާވިރާއެއް ބޭނުންކުރުމަށްފަހު ‘ކޭކޭޒެޑް 2’ މިހެން ބުނެފައެވެ.
ރޮނިތު ބޭނުންކޮށްފައިވާ މުހާވިރާ އަކީ ‘ބަރަގަތު ކީ ޗާޔާ ކޭ ނީޗޭ ކުޗް ނެހީ އުގުތާ. އާޕް އަޕްނާ ކުޗް އަލަގް ސައިޑް މެއިނ ޖާކޭ އުގާޔިޔޭ ބޮހަތު ޒަމީން ޕަޅީ ހޭ.’ (ނިކަ ގަހެއްގެ ހިޔަލުގައި އެއްވެސް ގަހެއް ނުހެދޭނެ އެވެ. އެހެން ބިންކޮޅެއް ހޯދައިގެން ގަސް އިންދާށެވެ. ހައްދެއް ނެތް މިންވަރަށް ބިން އެބައޮތެވެ.)’
‘ކަސައުޓީ ޒިންދަގީ ކީ’ އަކީ ބާލަޖީން އުފެއްދި މަޝްހޫރު ސިލްސިލާ ‘ކަންޔާދާން’ އަށްފަހުން އެކްތާ އުފެއްދި އެންމެ ކާމިޔާބު އެއް ސީރީޒް އެވެ. މި ސީރީޒް ވަނީ އަށް އަހަރު ދައްކާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!