ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފީޗަރ ފިލްމުގެ ނަން އާއްމުކޮށްފި އެވެ. ނަން އާއްމުކުރިއިރު އެ ޕްރޮޑަކްޝަނުން މިވަނީ ފުރަތަމަ ފީޗާ ފިލްމު “ފްރީ ޑެލިވަރީ”ގެ މަސައްކަތްވެސް ފަށާފައެވެ.
ފިލްމު “ފްރީ ޑެލިވަރީ”ގެ ޝޫޓިން ފެށީ މިދިޔަ އޭޕްރީލް މަހު ކަމަށް ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) މުނިއަވަސް އަށް މިއަދު ބުންްޏެވެ. އިއްލެ އިތުރަށް ބުނީ މިއީ ބޮޑު ކާސްޓެއް ހިމެނޭ ޑާކް ކޮމެޑީއެއް ކަމަށާ ފިލްމުގެ 75 އިންސައްތަ ޝޫޓިން ނިންމާލެވިފައިވާ ކަމަށެވެ.
ފިލްމުގެ ކާސްޓްގައި ގިނަ އާ ތަރިންތަކެއް ހިމެނޭއިރު ލީޑުން ފެނިގެންދާނީވެސް އާ ތަރިންތަކެއް ކަމަށްވެސް އިއްލެ ބުންޏެވެ.
މި ފިލްމުގެ ވެސް ޕްރޮޑިއުސަރުންގެ ތެރޭގައި އާސިމް ޢަލީ ހިމެނެއެވެ.
View this post on Instagram
ކަޒްމިކް އިންޓަނޭޝަލްގެ ފުރަތަމަ ފީޗާ ފިލްމަކީ “ޖޯޑެއްގެ ސާފު ލޯބި” ކަމަށް މިދިޔަ އަހަރު ޑިސެމްބަރު 16ގައި އެ ޕްރޮޑަކްޝަނުން ބުނެފައިވާތީ އެކަމާ ގުޅިގެން ސުވާލުކޮށްލުމުން އިއްލެ ބުނީ އެ ނަމަކީ މީގެ ކުރިން އެހެން ޕްރޮޑަކްޝަނަކަށް ދީފައިވާ ނަމެއްކަން އެނގުނު ހިސާބުން އެ ނަން ދޫކޮށްލައި އެހެން ނަމެއްގައި އެ ފިލްމު ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ކަޒްމިކްގެ ފުރަތަމަ ފީޗަރ ފިލްމު އިޢުލާނު ކުރިއިރު، ކަޒްމިކުން ވަނީ އިއްލެ އާއި ގުޅިގެން “މަޒްލޫމް” ގެ ނަމުގައި އެންތޮލޮޖީ ފިލްމެއްވެސް ގެނެސްދީފައެވެ. މީގެ އިތުރުން “ދަރަކަ” ނަމުގައި ކާމިޔާބު ކްރައިމް ތުރިލާއެއްވެސް އުފައްދައި ގެނެސްދީފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު