މިއަހަރުގެ ފިލްމު ސީޒަން ހުޅުވައިލުމާއިއެކު އޮލިމްޕަހުގެ ސިލްވަރ ސްކްރީނުން ފެނިގެންދިޔައީ ސިޔާދާ ގެ މަރުގެ ޙަޤީޤަތް ހޯދުމަށް ފުލުހުން ހިންގާ ތަހްޤީގެ ކެވެ. ތަހުޤީޤުގެ ތެރެއިން ނޭވާ ހިފަހައްޓާލައިގެން އިންނަން ނުޖެހޭ ވަގުތެއް މަދެވެ. ތަފާތު ކޮންސެޕްޓަކަށް ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް އަދި ފިލްމުގެ ލީޑް ކުޅެފައިވާ ‘ދެވަންސޫރަ’ އިގެ ޚާއްޞަ ޝޯ އެއް މާރިޗް 02 ވާ ހުކުރު ދުވަހު ހަވީރު އޮލިމްޕަހުގައި ދެއްކުމަށް މިވަނީ ނިންމާފަ އެވެ.

‘ދެވަންސޫރަ’ ބަލައިނުލެވި މާލޭގައި ތިބި މީހުންނަށް މިއީ ހަމަގައިމުވެސް ރަނގަޅު ފުރުޞަތެކެވެ. ތަފާތު މޮޅު ފިލްމެއް ބަލައިލަން ލިބިގެންދާނެ ފުރުޞަތެކެވެ.

‘ދެވަންސޫރަ’ އިގެ އެއް ޕްރޮޑިއުސަރު ޢަަލީީ ޝަޒްލީމް ބުނީ 02 މާރިޗް ވާ ހުކުރު ދުވަހު ހަވީރު އޮންނާނީ ޚާއްޞަ ޝޯ އެއް ކަމަށެވެ.

ޓިކެޓް ބުކިން އަށް 9700200 އަށް ގުޅުމުން ހަމަޖެހޭނެ ކަމަށް ޕްރޮޑިއުސަރުން ބުނެ އެވެ.

ރާއްޖޭގައި މިހާރު އާންމުވެފައިވާ ބައެއް މައްސަލަތައް ދައްކުވައިދޭ ގޮތަށް އުފައްދާފައިވާ މިފިލްމަކީ ސިއްރުން މަރާލެވިފައިވާ އަންހެން ކުއްޖެއްގެ މަރުގެ ހަގީގަތް ހޯދުމަށް ކުރާ ތަހުގީގަކަށް އަމާޒުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ލޯތްބާއި ބިރުވެރިކަމާއި ގެވެށި އަނިޔާ އާއި މިފަދަ އެތައް ކަމެއް ފެނިގެންދެ އެވެ.

އަހްމަދު ޝާހް އާއި އަލީ ޝަޒްލީމް ޕްރޮޑިއުސްކޮށްފައިވާ މިފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވި މަރިޔަމް ޝިފާ އާއި، ޔުސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު ފައިސަލް، އަހްމަދު ސައީދު، އަލީ ޝަޒްލީމް، އަހުމަދު އީސާ (އާނަންދު) ޖާދުﷲ އިސްމާއިލް (ޖާދު)، އަލީ އާޒިމް (ދޮން އައްޔަ)، ފާތުމަތު އަޒީފާ (އަޒޫ)، ނާޝިދާ މުހައްމަދު (ނާއްކޮ)، މަރިޔަމް ހަލީމް އަދި މަރިޔަމް ޝަކީލާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.