މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސްއިން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ)އާ ގުޅިގެން ބާއްވާ އެކްޓިންގް ފޮރ ފިލްމް އެންޑް ތިއޭޓަރ ވޯކްޝޮޕް 20 މެއި 2023 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ. އެގޮތުން މި ކޯހުގައި ކިޔަވައިދޭ އިންޑިއާގެ ތަޖުރިބާކާރު މުދައްރިބު ދިލިޕް ކަނާލް ވެސް މިމަހު 17 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އެމްއެސްޕީއޭއިން ބުނެއެވެ. ދިލިޕް ކަނާލް އަކީ އިންޑިއާގެ ނިއުދިއްލީގެ ފިލްމީ ދާއިރާގައި އެކްޓިން ކިޔަވައިދެމުން އަންނަ ތަޖުރިބާކާރު ފަންނާނެކެވެ.
އެކްޓިންގް ފޮރ ފިލްމް އެންޑް ތިއޭޓަރ ވޯކްޝޮޕަކީ ފިލްމީދާއިރާގައި، ޚާއްސަކޮށް ކެމެރާގެ ކުރިމަތީގައި މަސައްކަތްކުރާނެ އެކްޓަރުން އުފެއްދުމާއި އަދި މިހާރުވެސް އެކްޓިންގެ ދާއިރާއަށް އަލަށް ނުކުމެ އުޅޭ ފަރާތްތަކަށް ފުރިހަމަ ތަމްރީނު ލިއްބައިދުނުމުގެ މަޤުސަދުގައި އެމް.އެސް.ޕީ.އޭގެ ފަރާތުން ބާއްވާ ވޯރކް ޝޮޕެކެވެ.
މި ވޯކްޝޮޕްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހުނަރުވެރި ބައިވެރިއަކަށް އިންޑިއާގެ ފިލްމު އެކެޑަމީއަކުން ޑިޕްލޮމާ ލެވެލްގެ ސެޓްފިކެޓް ކޯހެއް ދިނުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް އިން ބުނެފައިވެ އެވެ.
ރާއްޖޭގައި އެކްޓިން އަދި ޓީވީ ޝޯވ ހޯސްޓިންއަށް ނުކުންނަ ފަރާތްތަކުން މިފަދަ ފުރުޞަތުތައް ލިބޭ މިންވަރު މަދުކަމަށް ފާހަގަކުރަމުން އަންނަ އިރު، އެމްއެސްޕީއޭއިން ހުޅުވާލާފައިވާ މި ފުރުޞަތަކީ ޓީވީ، އަދި އޯއެސްޓީތަކުގެ އިތުރުން ޓިކްޓޮކް އެކްޓިންގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެއްކަން ފާހަގަކޮށްލެވެ އެވެ.
އެމްއެސްޕީއޭގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އަދި މުނިއަވަސް ކްލަބްހައުސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
