ދިވެހި ބަހުގެ އެކެޑެމީން ނެރެމުން އަންނަ “ބަސްތޫރަ” އިގެ ހަތަރުވަނަ އަދަދު މިރޭ ނެރޭނެ ކަމަށް އެ އެކެޑެމީން ބުނެފި އެވެ.
ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ބަހުގެ އެކެޑެމީން ބާއްވާ ޚާއްސަ ޖަލްސާގައި ބަސްތޫރައިގައި ހިމަނާފައިވާ އައު ލަފުޒުތައް އުފެއްދި ފަރާތްތަކަށް ހަނދާނީ ލިޔުމެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
ބަސްތޫރައަކީ ދިވެހިބަހުގެ އެކަޑަމީން ބޭރު ބަސްބަހުގެ ލަފުޒުތަކަށް ކަނޑައަޅައި ދިވެހި ލަފުޒުތައް ހިމެނޭ ގޮތުން ތައްޔާރުކޮށް ނެރޭ ތޫރައެއް ކަމަށާއި ތޫރައަކީ އިނގިރޭސިބަހުގެ “ބުލެޓިން” އަށް ކިޔާ ދިވެހި ލަފްޒު ކަމަށެވެ.
އަލަށް އުފަންވާ ދިވެހި ބަސްތައް ހިމަނައިގެން ނެރޭ “ބަސްތޫރަ” ބަހުގެ އެކަޑެމީގެ ވެބްސައިޓުންނާއި އެ އެކަޑެމީން ނެރޭ “ފަތްތޫރަ” އިގައި އަންނަނީ ޝާއިއުކުރަމުން ނެވެ.
ފުރަތަމަ ބަސްތޫރަ ނެރެފައިވަނީ 2014 ވަނަ އަހަރު ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރައްމިއްޔާތެއްގައެވެ. އެ ބަސްތޫރަ ނެރެދެއްވީ ދިވެހި ބަހަށް އެކި ރޮނގުރޮނގުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަބްދުﷲ ސާދިގު (ސޯދުބެ) އެވެ.
ބަހުގެ އެކެޑެމީން ވަނީ ބަސްތޫރަ ބަލައިލެވޭނެ ވެބްސައިޓެއް ގާއިމުކޮށްފަ އެވެ. މީގެ އިތުރުން މިހައިތަނަށް ނެރުނު ބަސްތޫރައިގެ ޢަދަދުތައް ޕީޑީއެފް ފޯމެޓްގައިވެސް ނެރެފަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 26 ސެޕްޓެމްބަރ 2024ޚަބަރު“ސުންދަރު ޝޯވ” މުނިއަވަސް ޓިކްޓޮކުން ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ދިހައެއް ޖަހާއިރު!
- 26 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޕްރޮމޯޝަން ލަވަ ‘ލާލު ބިބީ’ ނެރެފި
- 26 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” އަތޮޅު ތެރެއަށް!
- 26 ސެޕްޓެމްބަރ 2024ޚަބަރު“ކަމަނާ” ބެންކޮކަށް!